ޓޫރިޒަމް މިނިސްޓަރ ގޯރައިޑް އެޕް އިފްތިތާޙުކޮށްދެއްވަނީ
ހަބަރު
07 May 2024 | 16:46
"ގޯރައިޑް" އެޕް އިފްތިތާހުކޮށްފި

ދަތުރުފަތުރުކުރުމުގައި އާންމު ރައްޔިތުންނަށާއި ޑްރައިވަރުންނަށް، ލުއިފަސޭހަކޮށްދިނުމަށް "ގޯރައިޑް"ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް އިފްތިތާހުކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހުކޮށްފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ލ.ގަން ދާއިރާއަށް ވާދަކުރެއްވި ޕީއެންސީ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) އިންތިޚާބުގައި ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިތްޔާތުގައެވެ. އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލެވެ.

ލ.އަތޮޅުގެ އިތުރުން މާލެއާއި، އައްޑުއާއި ފުވައްމުލަކާއި ގދ. ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގައި ވެސް މިހާރު މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.

މި އެޕލްިކޭޝަން ފަރުމާކޮށްފައިވަނީ ޚިދުމަތް ބޭނުންކުރާ ފަސިންޖަރުންނަށް ވީހާ ވެސް އަވަހަށް ދަތުރު ލިބޭނެހެންނެވެ. އެގޮތުން އެޕްލިކޭޝަނުގެ އަލްގޮރިދަމް ބައްޓަންކުރެވިފައިވާ ގޮތުގެ ސަބަބުން ދަތުރަކަށް އެދިލެއްވުމާއެކު އަބަދުވެސް ނޮޓިފައިވާނީ ފަސިންޖަރާ އެންމެ ކައިރީގައި އެ ވަގުތު ހުންނަ ޑްރައިވަރަކަށެވެ. ހަމައެހެންމެ އެންމެ ގިނަ ވަގުތު ދަތުރެއް ނުލިބި ހުސްކޮށް ހުންނަ ޑްރައިވަރަށް ވެސް އެލާޓް ލިބޭނެއެވެ.

އެޕްލިކޭޝަން ބޭނުން ކުރާ ފަސިންޖަރުންނަށް އިތުރު ލުޔެއް ހޯދައިދިނުމަށް ޑްރައިވަރު ހުރި ތަނެއް ބަލައިލުމަށް އެޕްލިކޭޝަން ތެރެއިން މެސެޖުކޮށް، ހިލޭ ގުޅާލުމުގެ ޚިދުމަތްވެސް މި އެޕލްިކޭޝަނުން ފޯރުކޮށްދެއެވެ. އަދި އެޕު މެދުވެރިކޮށް ކުރާ ދަތުރުތަކަށް ފަސޭހަކަމާއެކު ފައިސާ ދައްކެމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ގޯރައިޑް އީ ވޮލެޓް އަދި ބީއެމްއެލް ގޭޓްވޭ އޭ.ޕީ.އައި ވަނީ ހިމަނާފައެވެ. ގޯރައިޑް އީ ވޮލެޓްގެ ޒަރީޔާއިން ވަގުތުން އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެއެވެ. މީގެ އިތުރުން ގިނަދަތުރު ކުރައްވާ ފަސިންޖަރުންނަށް ގޯރައިޑް އެޕްލިކޭޝަން މެދުވެރިކޮށް ގޯކޮއިން ލިބިގެންދާނެއެވެ.

ޑްރައިވަރުން ވަކިވަރަަކަށް ދަތުރުކުރުމުން "ގޯރައިޑް ރިވޯޑު ސިސްޓެމް" ގައި ބައިވެރިވުމުގެ ފުރުސަތު ޑްރައިވަރުންނަށް ލިބެއެވެ. މި ސިސްޓަމަކީ ޑްރައިވަރުން ވަކިވަރަކަށް ދަތުރުކޮށްގެން ވަގުތުން ޑްރައިވަރ ގެ ވޮލެޓަރ ފައިސާ ލިިބޭ ރިވޯޑް ސިސްޓަމެކެވެ. މި ސިސްޓަމުން ލިބޭ ފައިސާ ވަގުތުން ޑްރައިވަރުންގެ އެކައުންޓަށް ވިތްޑްރޯ ކުރުމުގެ އިންތިޒާމް އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެން ދާނެއެވެ. 

މީގެ އިތުރުން ގޯރައިޑް އެޕްލިކޭޝަން ބޭނުންކޮށްގެން އެކުވެރިންނަށް ގޯރައިޑް ގިފްޓްކާރޑް ޖެނެރޭޓްކޮށް ރިޑީމްކުރުމުގެ ޚިދުމަތްވެސް މި އެޕްލިކޭޝަން ގައި ވަނީ ހިމަނާފައެވެ.

އެޕްލިކޭޝަން އިފްތިތާހުކޮށް ބޭނުންކުރަން މިހާރު ހުޅުވާލާފައިވާއިރު، ގޯރައިޑް އެޕު އެންމެ ފުރަތަމަ ބޭނުންކުރާ 100 ފަސިންޖަރުންނަށް ފުރަތަމަ ދަތުރު މުޅިން ހިލޭ ކުރުމުގެ ފުރުސަތު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ވެސް މިހާރު އަންނަނީ ހިނގަމުންނެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް ދަތުރު ނަންގަވާއިރު “GORIDE100” ވައުޗާ ކޯޑު ބޭނުންކޮށްލެވުމުން ދަތުރު ހިލޭ ލިބިގެން ދާނެއެވެ. އަދި މި އެޕްލިކޭޝަން އެކުވެރިންނަށް ހިއްސާކޮށްގެން ވަގުތުން ކަސްޓަމަރުންގެ ވޮލެޓަރ ޝެއާކުރާ މިންވަރަކުން ރިވާރޑް ލިބެމުން ދާނެއެވެ.

ގޯރައިޑް ގެ އެންމެ ޚާއްސަ އެއް ކަމަކީ ފަސިންޖަރުންނާއި ޑްރައިވަރުންގެ ސަލާމަތަށްޓަކައި ހިމަނާފައިވާ ޚާއްސަ ކަންކަމެވެ. އެގޮތުން ޕެނިކް މޯޑާއި، ވޮއިސް ރެކޯޑް ފީޗާއާއި އޮޓޮމޭޓެޑް މެސެޖު ފީޗާއެއްގެ އިތުރުން ލައިވް ލޮކޭޝަން އޮން ކުރުމުގެ ފީޗާ ވެސް އެޕުގައި ހިމަނާފައި ވެއެވެ. މީގެ އިތުރުން އެޕް ތެރެއިން ރައިޑް ޝެއާކުރުމާއި ޓެކްސީ ޕޫލްގެ އިތުން ކުއްލި ޙާލަތުގައި އަވަހަށް ޓެކްސީގެ ޚިދުމަތް ލުއިފަސޭހަކަމާއެކު ހޯދުމަށްޓަކައި ޓެކްސީ ބިޑިން އޮޕްޝަން ވެސް ހިމަނާފައި ވެއެވެ.

މި އެޕްލިކޭޝަނާއެކު އާންމު ރައްޔިތުންނަށް، ޓެކްސީއާއި އެހެނިހެން އުޅަނދުތައް ނެގުމަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެއެވެ. މިއީ ރާއްޖެއާ ވީހާ ވެސް ގުޅޭގޮތަށް ފަރުމާކުރެވި ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަ ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ އެޕްލިކޭޝަނެކެވެ.  ގޯ ރައިޑް އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް ވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ކޮމެންޓް
ޢީސަހަލީމް
އަސްލު މިއީ މިހާތަނަށް އުފެއްދި އެންމެ ލޮލިޓީ އެޕް. ޝުކުރިއްޔާ ނަޝީދު. އަޅުގަނޑު ބެލިބެލުމުން ދުނިޔޭގެ އެންމެ މަތީ އެޕް ތެރޭގަ މި އެޕް ހިމެނޭ. ޝުކުރިއްޔާ ގޯރައިޑް އެމް.ޑީ
07 May 2024
ޟައި
ނެތް އެޕްސްޓޯރ ގައެއް
07 May 2024
ޢަްބެ
ގޯރައިޑަކީ މިހާތަނަށް އުފެއްދި އެންމެ މޮޅު އެޕް، ވަރަށް ފުރިހަމަ، ގޯ ރައިޑްގެ އެމް.ޑީ އަށް ޝުކުރު ޙައްޤު. ހުރިހާ ރައްޔިތުންވެސް ގޯރައިޑް އެޕް ދަތުރުކުރުމުގައި ހިޔާރުކުރަން އެދެން. ސަބަބަކީ ކުޑަކުދިން އެކަނި ފޮނުވާލަން އޯކޭ
08 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.