އަލްޖަޒީރާ އޮފީސް - ފޮޓޯ: ރެއުޓާސް
ހަބަރު
05 May 2024 | 21:33
އިސްރާއީލްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކުރުމަށް ފާސްކޮށްފި

އިސްރާއީލްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކުރުމަށް ފާސްކޮށްފިއެވެ. 

ފަލަސްތީނުގެ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ މުހިންމު ދަޢުރެއް އަދާކުރަމުންދާ މީޑިޔާ ޗެނަލް އަލްޖަޒީރާ، އިޒްރޭލުގައި ދެއްކުން މަނާކުރުމަށް ވެސް އެޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫގެ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

މިއަދު އަލްޖަޒިރާގެ އޮޕެރޭޝަންތައް އިސްރާއީލުގައި ހިންގުން ވަގުތީ ގޮތުން ބަންދުކުރަން ފާސްކޮށްފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގެ ހުރިހާ ވަޒީރުންގެ އިއްތިފާގުންނެވެ.

ނިރުބަވެރި އިސްރާއީލުގެ ކެބިނެޓުން އެކަން ފާސްކޮށްފައިވަނީ ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން ބަންދު ކުރެވޭ ގޮތަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު ފޮރުވުމަށް ނިރުބަވެރި އިސްރާއީލުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްރާއީލުން ދަނީ މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ފަލަސްތީނުގައި ހުންނަ މީޑިއާގެ އޮފީހަކަށް ވެސް އިސްރާއީލުން ވަނީ ގެއްލުންދީފައެވެ. މި ހަނގުރާމައިގެ ތެރޭގައި އިސްރާއިލުން ވަނީ100 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
ކެބިނެޓުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
18 Aug 2026
ރޮޑްރީ އެންމެފަހުން ބާސެލޯނާއަށް
ބާސެލޯނާއާ ގުޅެވުމާ ބެހޭ ގޮތުން ރޮޑްރީ ބުނީ ބާސެލޯނާއަށް ބަދަލު ވެވުމުން އުފާކުރާ ކަމަށާއި މިއީ މުޅިން ތަފާތު މާހައުލެއްކަމަށެވެ.
18 Aug 2026
ގައުމީ ޓީމުތަކުގެ ހުރިހާ އެތުލީޓުންނަކީ ދުންފަތާ އެއްކޮށް ދުރުވެފައި ތިބި މީހުންނަށް ހަދަން އަމާޒެއް
އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
18 Aug 2026
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިމްރާން ޚާން އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރަން އަމުރުކޮށްފި
ޕާކިސްތާނުގެ ތާރީޚަށް ބަލާއިރު ޖަލުގައި ތިބި ސިޔާސީ ޝަޚްޞިއްޔަތުންނަށް ޞިއްޙީ ސަބަބުތަކަށްޓަކައި ދެވުނު ލުއިތަކަށް ފަހު ޤާނޫނީ ނުވަތަ ސިޔާސީ ބޮޑެތި ލުއިތައް ލިބިފައިވާ ޙާލަތްތައް ފެނިފައިވެއެވެ
18 Aug 2026
ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި
އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމާފަ އެވެ.
18 Aug 2026
ސިމްކާޑް ދޫކުރާ އުސޫލް ހަރުދަނާކުރަނީ
ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަ ހަމަޖެއްސުންވެސް މީގެ ތެރޭގައި ހިމެނެއެވެ
18 Aug 2026
ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަައީސް ތަކުރާރުކޮށް ވިދާޅުވެ އެވެ.
18 Aug 2026
އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ