ޗުއްޓީ ދިވެހި
ހަބަރު
07 May 2024 | 18:19
ޗުއްޓީއާ ދިމާކޮށް ކުޑަކުދިންނަށް ޚާއްސަ ދިވެހި ކިލާސްތަކެއް

ޗުއްޓީއާ ދިމާކޮށް "ޗުއްޓީ ދިވެހި" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދިވެހި ކިލާސްތަކެއް ބާއްވަން ނިންމަވާފައިވާ ކަމަށް ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ވިދާާޅުވެއްޖެއެވެ.

ކުރީގެ ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަދި ކުރީގެ ޑެޕިއުޓީ ހޯމް މިނިސްޓަރ އަޝްރަފް ޢަލީ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިން ދިވެހި ބަހަށް އަހުލުވެރި ކުރުވުމަށް ޚާއްސަ ކިލާސްތަކެއް ފަށަން ހަމަޖެހިފައިވާކަމަށެވެ.

6 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ މި ކިލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް ހަވީރު 4-5 އަށެވެ.

ހިލޭ ބާއްވާ މި ކިލާސްތަކުގައި އޮންލައިންކޮށް، ޒޫމް އެޕްލިކޭޝަން ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މި ކިލާހުގައި ކުދިންނަށް ބައިވެރިވެވޭނެއެވެ. އަދި ފިޒިކަލްކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަލިމަސް އެކެޑަމީގައި، އެ ފުރުސަތުވެސް ދޭން ވަނީ ނިންމާފައެވެ.

މި ކިލާހަށް ކުދިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް
މުހަންމަދު
ކޮއްކޯ އަސްރަފޫ، މިހާރު ތިޔަކަހަލަ ކަންކަމަށް ވަގުތު ބޭކާރު ނުކުރައްވާ، ރާއްޖޭގެ ހުރިހާ އެންމެންހެން ވެސްޓަންވާން ކުދިންނާ ވާހަކަ ދައްކަނީ އިގިރޭސިބަހުން...އިގިރޭސި ކުލާހެއް ހިންގަވާ......
08 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.