އީރާނުގެ ރައީސް އިބްރާހިމް ރައިސީ ޓީވީ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ، އީރާނުގެ ތެހެރާންގައި، މެއި މަހުގެ ހަތް ވަނަ ދުވަހު [ހެންޑައުޓް: ޕްރެޒިޑެންޝަލް އެޑްމިނިސްޓްރޭޝަން އޮފް އީރާން : ރޮއިޓާސް]
ހަބަރު
19 May 2024 | 18:53
އީރާނުގެ ރައީސް ރައީސީ ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ކުއްލި ހާލަތުގައި ލޭންޑްކޮށްފި

އީރާނުގެ ރައީސް ރައީސީ ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ކުއްލި ހާލަތުގައި ލޭންޑްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވަނީ ލޭންޑު ކުރުމުގެ ތެރޭގައި އެކްސިޑެންޓަކާ ދިމާވެފައެވެ. 

މިހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައި އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ޖޯލްފާ ކައިރިންނެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކުރާ ގޮތުގައި، އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ އާއި އިރުމަތީ އަޒަރުބިޖާން ޕްރޮވިންސްގެ ގަވަރުނަރު ވެސް ދަތުރުކުރައްވަމުން ގެންދެވިއެވެ.

އިރާނުގެ، ދައުލަތުގެ ނޫސް އެޖެންސީ އިރްނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެލިކޮޕްޓަރު ހޯދުމަށް 16 ޓީމަކާއެކު ބޮޑު ހޯދުމުގެ އޮޕަރޭޝަނެއް މިހާރު ކުރިއަށް ގެންދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތަށް ދަނީ ހުރަސްއެޅެމުންނެވެ.  

ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއަށް ގާތްގަނޑަކަށް ފަސް ގަޑިއިރު ވެފައިވާއިރު، އަދިވެސް ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދިފައެއް ނުވެއެވެ. 

"މި ސަރަހައްދުގެ ކޮމްޕްލެކްސިޓީތަކަށް ބަލާއިރު ގުޅުން ވަނީ ދަތިވެފަ. އުންމީދުކުރަނީ ސަލާމަތީ ޓީމުތައް ހެލިކޮޕްޓަރަށް ވާސިލްވެ އިތުރު މައުލޫމާތު ލިބިދާނެ ކަމަށް،" 

އީރާނުގެ ދާޚިލީ ވަޒީރު އަހުމަދު ވަހީދީ ދައުލަތުގެ ޓީވީއަށް ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުގެ މީޑިއާތަކުން މިހާތަނަށް ލިބުނު ގެއްލުންތަކުގެ ރިޕޯޓެއް ހިއްސާކޮށްފައިނުވާއިރު، ރައީސް ހުންނެވި ތަނެއް ނުވަތަ ޙާލު ކަށަވަރުކޮށްދީފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.