ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ - ފޮޓޯ: ވޮއިސް
ހަބަރު
22 May 2024 | 16:15
"ދަނޑުވެރި މަންފާ" ގެ ނަމުގައި ހިލޭ އެހީ ދޭ ސްކީމެއް ތަޢާރަފުކޮށްފި

 "ދަނޑުވެރި މަންފާ" ގެ ނަމުގައި ހިލޭ އެހީ ދޭ ސްކީމެއް ތައާރަފް ކޮށްފި އެވެ.

އަލަށް ތަޢާރަފުކުރި މި ސްކީމަކީ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކާ އެގްރިކަލްޗާ މިނިސްޓްރީން، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާ ގުޅިގެން ކުރިއަށްގެންދާ މެޕް ޕްރޮޖެކްޓްގެ ދަށުން އެސްޑީއެފްސީ އާއެކު ސޮއި ކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ތައާރަފް ކޮށްފައިވާ މެޗިން ގްރާންޓް ސްކީމެކެވެ.

މި ސްކީމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މި ސްކީމް ހުޅުވާލަން ނިންމާފައިވަނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުން ހޮވާލާފައިވާ 26 ރަށެއްގައެވެ.

މި ސްކީމުގެ ދަށުން އެހީ ފޯރުކޮށްދޭން ނިންމާފައިވަނީ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.  

ފުރަތަމަ މި އެހީގެ ފުރުސަތު ހުޅުވާލަނީ ހަމައެކަނި ދަނޑުވެރި ޕްރޮޑަކްޝަނަށް ނުވަތަ ދަނޑުވެރިތަކެތި އުފެއްދުމަށެވެ. އެގޮތުން ގްރީން ހައުސް އިންސްޓޯލް ކުރުމާއި ހައިޑްރޮފޯނިކް ސިސްޓަމްތައް ނުވަތަ އެފަދަ އެހެނިހެން ޒަމާނީ ދަނޑުވެރިކަމުގެ ވަސީލްތަތް ގާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުޅުވާލަން ވަނީ ނިންމާފައެވެ.

މި ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީ ޕޯޓަލް އިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.