އުރުދުންގެ ފީލްޑް ހޮސްޕިޓަލެއްގެ އެހީގެ ކޮންވޯއީއެއް - ފޮޓޯ: އޭއެފްޕީ
ހަބަރު
01 May 2024 | 20:06
އުރުދުން އިން އެހީ ހިފައިގެން ޣައްޒާއަށް ދިޔަ ދެ ގާފިލާއަކަށް އިސްރާއީލުގެ ވަޒަންވެރިން ހަމަލާދީފި

އުރުދުން އިން އިންސާނީ އެހީ ހިފައިގެން ދިޔަ ދެ ގާފިލާއަކަށް އިސްރާއީލުގެ ވަޒަންވެރިން ހަމަލާ ދީފިއެވެ.

އުރުދުންގެ ހާރިޖީ ވުޒާރާއިން ވިދާޅުވީ މިއަދު ޣައްޒާއާ ދިމާއަށް ދަތުރުކުރަމުން ދިޔަ އުރުދުންގެ އިންސާނީ އެހީގެ ދެ ކޮންވޯއީއަށް އިސްރާއީލުގެ ބައެއް ވަޒަންވެރިން ހަމަލާދީފައިވާ ކަމަށެވެ.

އަދި އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ކްރޮސިންގއެއް މެދުވެރިކޮށް އިސްރާއީލުން ޣައްޒާއަށް އެހީ ގެންދިއުމުން ވަޒަންވެރިން ވަނީ އެމީހުންގެ ބައެއް މުދާ އުކާލައި ޓްރަކްތަކަށްވެސް ގެއްލުންދީފައެވެ.

"ގާޒާއަށް ކާބޯތަކެއްޗާއި ފުށާއި އެހެނިހެން އިންސާނީ އެހީތައް ހިފައިގެން ދިޔަ އުރުދުންގެ ދެ އެހީ ކޮންވޯއަކަށް ވަޒަންވެރިން ހަމަލާދީފައި ވަނީ،"

ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ނަމަވެސް މި ދެ ކޮންވޯއީ ވެސް ދަތުރު ކުރިއަށް ގެންގޮސް ޣައްޒާއަށް ގޮސްފައިވާ ކަމަށް މިނިސްޓްރީ އިން އިތުރަށް ބުނެފައިވެ އެވެ.

ޣައްޒާގައި ނިރުބަވެރި ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 34،568 މީހުން ޝަހީދުވެފައި ވާއިރު މީގެތެރޭގައި 14،500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ފާއިތުވެ ދިޔަ 6 މަސް ދުވަހު، އިސްރާއިލުން ވަނީ ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސްއަޅާފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ޙާލުގައި ޖެހި އެތައް ބަޔަކު ދަނީ ބަނޑުހައިހޫނުކަން މަތީ ޝަހީދުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.