ތިލަފުށި - ފޮޓޯ: އެޗްޑީސީ
ހަބަރު
02 May 2024 | 23:02
ސިނާއީ ބޭނުމަށް ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ސިނާއީ ބޭނުމަށް ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފިއެވެ.

މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޢާންމުކުރައްވާފައިވާ ނޫސްބަޔާނުގައި ވަނީ ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން، ސިނާޢީ މަސައްކަތްތަކަށް ޚާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތައް ވިއްކުމަށް ހަމައެކަނި ދިވެހިންނަށް ހުޅުވާލާ ކަމަށެވެ. މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް މިއަދު ހުޅުވާލި އިރު، ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައި ވެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 1700 (އެއް ހާސް ހަތް ސަތޭކަ ރުފިޔާ) އެވެ.

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2 މަރުހަލާ އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ބިން ގަތުމަށް ޝައުގުރެވެރިވާ ފަރާތްތަކުން އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ނުވަތަ އެޗްޑީސީގެ އީމެއިލް ([email protected]) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެޗްޑީސީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒުގެ އިތުރުން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވެމުން އަނަން ރަށެކެވެ. އެޗްޑީސީއިން ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ލިބެންހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް
ލުބްނާ
ތިލަފުށިން ބިން ކުއްޔަށް ނަގަާފައިވަާ އެތައް ބަޔަކަށް ކަރަންޓް ފެން ލިބޭނެ ގޮތް ހެދުމެއް ނެތި 2011އިން ފެށިގެން މިއަދާ ހިސާބަށް ކޮންމެ 2އަހަރަކުން އެއްފަހަރު ކުލި ބޮޑުކޮށް ކުލި ނަގަމުން ދަނީ އެއީ އެންމެ ފައިދާ ހުރިގޮތް ތޯ؟
03 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.