ޗައިނާގެ ހައިވޭއިން ބައެއް ވެއްޓިފައި - ފޮޓޯ: ޝިންހުއަ ނިއުސް އެޖެންސީ
ހަބަރު
01 May 2024 | 18:55
ޗައިނާގެ ހައިވޭއެއް ވެއްޓި މަދުވެގެން 24 މީހުން މަރުވެއްޖެ

ޗައިނާގެ ހައިވޭއެއްގެ ބައެއް ވެއްޓި، ހައިވޭ އިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 24 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޗައިނާގެ ގުއަންޑޮންގްގެ މެއިޒޯގައި ހުންނަ މެއިޒޯ-ޑަބޫ އެކްސްޕްރެސްވޭގެ 50 ފޫޓުގެ ބައެއް ވެއްޓިފައިވަނީ ރޭ މެންދަމު 02:10 ހާއިރެވެ. ހައިވޭ ވެއްޓުމުގެ ސަބަބުން ހައިވޭއިން ދަތުރުކުރަމުންދިޔަ 20 ކާރު ވެއްޓި އޭގެ ކުޑައިރުކޮޅެއް ފަހުން ކާރެއްގައި ވަނީ އަލިފާން ރޯވެފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޝިންހުއާ ނިއުސް އެޖެންސީ އާއި ދަ ޕޭޕަރ އިން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާގައި މިހާތަނަށް މަދުވެގެން 24 މީހުން މަރުވެފައިވާއިރު އިތުރު 30 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބޭގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެއްވެސް މީހެއްގެ ޙާލު ސީރިއަސްއެއް ނޫނެވެ.

މި ހާދިސާގެ އޭރިއަލް ފޫޓޭޖެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. 

ޗައިނާގެ ގުއަންޑޮންގ ޕްރޮވިންސްގައި ފަރުބަދަމަތީގެ މި ހައިވޭގެ ބައެއް ވެއްޓުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

ގަދަ ވިއްސާރައިގެ ސަބަބުން ގުއަންޑޮންގް އަށް ފާއިތުވި ހަފްތާތަކުގައި މި ނޫނަސް ގިނަ އަދަދެއްގެ ނުރައްކާތެރި ކާރިސާތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން، އޭޕްރީލް 21 ވަނަ ދުވަހު 12 ގަޑިއިރަށް ބޯކޮށް ވާރޭ ވެހި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ދަ ގާޑިއަން އާއި ބީބީސީން ބުނެ އެވެ. އަދި ދާދި ފަހުން އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ގުއަންޒޯ އަށް ތޫފާނެއް އައިސް ފަސް މީހަކު މަރުވެ 33 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ދަ ގާޑިއަން އިން ބުނެ އެވެ.

ކޮމެންޓް
ފާތިހު
ނޫނޭ ޗައިނާ މީހުން ހަދާ އެއްވެސް ތަނެއްގަލާކުނުވާނެ އިންޑިއާ މީހުން ހަދާ ތަންތަންވެއްޓެނީ
01 May 2024
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.