ދިފާޢީ ވަޒީރު ޣައްސާން މައުމޫނު، އެމެރިކާގެ މަންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓެންޓް ޖެނެރަލް ޖޯން ޕީޓާ ހްރޮނެކް(ދެވަނަ) އާއި އޭނާގެ ޓީމާ ބައްދަލުކުރެއްވުން - ފޮޓޯ: ދިފާޢީ ވުޒާރާ
ހަބަރު
05 May 2024 | 16:41
ޑިފެންސް މިނިސްޓަރ ޣައްސާން، އެމެރިކާގެ އިސް ކޮމާންޑަރަކާ ބައްދަލަުކުރައްވައިފި

ދިފާޢީ ވަޒީރު ޣައްސާން މައުމޫނު، އެމެރިކާގެ އިސް ކޮމާންޑަރަކާ ބައްދަލުކުރައްވައިފިއެވެ. 

މިއަދު ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ވަޒީރު ޣައްސާން މައުމޫނު ވަނީ، އެމެރިކާގެ މަންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓެންޓް ޖެނެރަލް ޖޯން ޕީޓާ ހްރޮނެކް(ދެވަނަ) އާއި އޭނާގެ ޓީމާ ބައްދަލުކުރައްވާފައެވެ. 

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މިހާރުވެސް ދެ ޤައުމުގެ ދެމެދުގައި ވާ އަސްކަރީ ގުޅުންތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައިވާކަމަށް ދިފާޢީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ދިވެހި އަސްކަރިއްޔާއިން މީގެ ކުރިންވެސް ވަނީ މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު ގުޅުން ބަދަހި ކުރުމަށް އެކި އެކި މަޝްވަރާކޮށް އެގްރިމެންޓުތައް ހަދާފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ އެޕްރީލް މަހުގައި، މަންޓާނާ ނޭޝަނަލް ގާޑް ސްޓޭޓް ޕާޓްނަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ އެއްބަސްވުމެއްގައި ދިފާޢީ ވުޒާރާއިން ވަނީ ސޮއިކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.