ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ހަބަރު
01 May 2024 | 08:34
ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ކުރީގެ ނައިބު ރައީސް ޖިހާދު އައްޔަނުކުރައްވައިފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)ގެ ޗެއާޕާސަންގެ މަޤާމަށް، ކުރީގެ ނައިބުރައީސް ޢަބްދުالله ޖިހާދު އައްޔަންކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމްއައިއެފްއެސްއޭ ގެ ގަވަނިން ބޯޑް އެކުލަވާލައްވާ ޗެއާ ޕާސަންއަކަށް ކުރީގެ ނައިބު ރައީސް ޖިހާދު އައްޔަނުކުރައްވާފައި ވާކަމަށެވެ. އަދި ވަޒީރު ވަނީ ޖިހާދަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ މާލީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު، ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރުތައް ގާއިމުކުރަން ވަނީ ވަޢުދުވެފައެވެ. އެގޮތުން އެމްއައިއެފްއެސްއޭ އުފައްދަން ނިންމާފައިވާކަން އެމަނިކުފާނު އިއުލާނުކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.

އެމްއައިއެފްއެސްއޭ ގެ ޗެއާޕާސަންކަމަށް އައްޔަނު ކުރެއްވި، ކުރީގެ ނައިބު ރައީސް ޖިހާދަކީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްގެ މަޤާމް އަދާކުރެއްވުމުގެ ކުރިން ފައިނޭންސް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި ވަޒީރެކެވެ. އަދި އެމަނިކުފާނު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަމާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.