ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
ހަބަރު
01 May 2024 | 21:58
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ

ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ފަށާނަނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުުން ފަހުމީ ވިދާޅުވީ މިހާރު ސްޓެލްކޯއިން ހިންގާ 33 ޕަވަރ ހައުސްގެ ތެރެއިން ބައެއް ރަށްތަކުގައި ރައްޔިތުންނާ ވަރަށް ކައިރީގައި، އަޑު ނުވަތަ ދުމުގެ އުނދަގޫ ވާ ހިސާބުގައި އިންޖީނުގެތައް އެބަހުރި ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް ދުރަށް ބަދަލު ނުކޮށް ހުރީ ބިން ނެތުމުން ކަމަށެވެ. 

ނަމަވެސް ބިން ހުރި ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ފަހުމީ، ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫޢޫތައް މިހާރުވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ، ބިން ހިއްކި، ޖާގަ ލިބުންހާ އަވަހަކަށް އެ ރަށްރަށުގެ އިންޖީނުގެތައްވެސް މީހުންނަށް އުނދަގޫ ނުވާނެހާ ދުރަށް ބަދަލު ކުރާނެ  ކަމަށެވެ.

"އެހެންނަމަވެސް ހިއްކުމުގެ މަސައްކަތް ބައެއް ރަށްތަކުގަ ކުރަމުންވެސް އެބަދޭ. ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މިއަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްތަކުގަ އާ ޕަވަރ ހައުސްތައް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނަން. ޖުމުލަގޮތެއްގައި އަޅުގަނޑުމެން މި ވާހަކަތައް ކައުންސިލްތަކާ ހިއްސާކޮށް ކައުންސިލްތަކުގެ އެއްބާރުލުމާ އެއްކޮށް ކުރިއަށް ގެންދާނީ"

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި އިންޖީނުގެތައް ހުންނާތީ އެކަމުގެ އުނދަގޫ ބައެއް ރަށްރަށުގެ ރައްޔތިތުން ދަނީ ވަރަށް ކުރިންސުރެވެސް ތަޙައްމަލު ކުރަމުންނެވެ. މި މައްސަލަ ރައްޔިތުންނަށް ޙައްލުކޮށްދިނުމަށް ސްޓެލްކޯއިން ދަނީ، އިންޖީނުގެތައް ދުރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި އަހަރުވެސް ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ސްޓެލްކޯގެ ތިން އިންޖީނުގޭގެ ބަދަލަށް އައު އިންޖީނުގެ އަޅާ ރައްޔިތުންނަށް ލުއި ކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.