ކްރިިމިނަލް ކޯޓު
ހަބަރު
27 Apr 2024 | 14:40
ކެމްޕެއިން އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 10 ދުވަސް

ކެމްޕެއިން އޮފީހެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު ކްރިިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

ކުޅުދުއްފުށީގައި ހުރި މި ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލާފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ 25 އޭޕްރިލް 2024 ވަނަ ދުވަހު 14:55 ހާއިރެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި ކޯޓު ޢަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ ބަންދު ޢަމުރުގައި ބުނެފައިވަނީ އޭނާކެމްޕެއިން އޮފީހުގައި ރޯކޮށްލި ކަމުގެ ހެކި ހުށަހަޅާފައިވާކަމަށެވެ. އެ މީހާއަށް ލިބިފައިވާޒަޚަމްތަކަށް ފަރުވާ ހޯދުމަށްކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓާ އެހެންރަށަކަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށްވެސް ފުލުހުންނާ ހަވާލާދީ ޢަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހަށް ހާޒިރުވުމަށްޗިޓު ފޮނުވުމުންވެސް އޭނާހާޒިރު ނުވިކަމަށްވެސްއަމުރުގައި ބުނެފައިވެއެވެ

މައުލޫމާތު ލިބޭ ގޮތުގައި ރޯކޮށްލި ކެމްޕެއިން އޮފީހަކީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކޮށް އަދި އެ ދާއިރާގެ ގޮނޑިވެސް ކާމިޔާބު ކުރެއްވި ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހެކެވެ.

ފުލުހުންއިތުރަށް ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.