އުރީދޫއިން ރޭ ބޭއްވި އިވެންޓުގެ ތެރެއިން - ފޮޓޯ: އުރީދޫ
ހަބަރު
29 Apr 2024 | 19:57
އުރީދޫ އިން ޓިކްޓޮކާއެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި

އުރީދޫ އިން ޓިކްޓޮކާއެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ.

ރޭ، އުރީދޫ ހެޑް ކުއާޓަރ ގައި ބޭއްވި އިވެންޓެއްގައި ވަނީ އެ ކުންފުނިން ޓިކްޓޮކަށް މަރުހަބާ ކިޔައިފައިވާކަން އިއުލާންކޮށްފައެވެ. 

އުރީދޫން ބުނިގޮތުގައި، ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގަމުން އަންނަ މީސްމީޑިޔާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކާ އެކީ ހެދި ޕާޓްނަޝިޕްގެ ސަބަބުން އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ޓިކްޓޮކް ބޭނުންކޮށް، ސްޓްރީމް ކުރެވޭނެއެވެ. އަދި ޓިކްޓޮކުގައި ކޮންޓެންޓް އުފައްދާ ޝެއަރ ކުރުމަށް ފަސޭހަވެ، ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެން އަންނާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

ރޭގެ އިވެންޓުގައި އުރީދޫން ވަނީ ޓިކްޓޮކަށް ޚާއްސަ ޕެކްތަކެއްވެސް ލޯންޗްކޮށްފަ އެވެ.

ޓިކްޓޮކަކީ ދިވެހިންގެ ތެރޭގައިވެސް އެންމެ މަޤުބޫލު އެއް މީސްމީޑިޔާ ޕްލެޓްފޯމު ކަމުން އުރީދޫގެ މި ޕާޓްނާޝިޕުގެ ސަބަބުން ވަރަށް ގިނަ ކޮންޓެންޓް އުފައްދާ މީހުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް
Fathimath Shehenaaz ޓިކުޓޮކު ރާނީ
ސާބަހޭ 👏👏👏
29 Apr 2024
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.