"އަހާ" ފޯރަމްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ވޮއިސް
ހަބަރު
29 Apr 2024 | 21:58
ހުރިހާ ބިދޭސީންގެ ފޮޓޯއާއި ފިންގަރޕްރިންޓް ނެގުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށަން ހަމަޖެހިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކި ވަޒީރުންނާއި ސުވާލުކުރުމަށް ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށާއި، މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި ދިހަ އިނގިލީގެ ފިންގަރޕްރިންޓް ނެގުމުގެ ޢަމަލީ މަސައްކަތް އަންނަ މެއި މަހު 2 ގައި ފަށަން ހަމަ ޖެހިފައިވާކަމަށެވެ. 

މި މަސައްކަތް ކ. ހިންމަފުށިން ފަށަން ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި މަސައްކަތް ފަށާ އަހަރެއްހާ ދުވަސްތެރޭ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް 3 އަހަރު ދުވަސްތެރޭ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މުޅިން ހައްލުކުރުމަށް ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އެއްފަހަރާ ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. ދާއިރު ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ގަވައިދާ އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް އުޅޭ މީހުންގެ ވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ"

 އިހުސާން ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ފޮޓޮއާއި ފިންގަރ ޕްރިންޓު އެމީހުންގެ ވޯރކް ޕާމިޓާ ދިމާވޭތޯ ބަލާ، ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދާ އެމީހުން ތިބީ ކޮންބައެއްގެ ބެލުމުގެ ދަށުގައިތޯ ބަލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ ޤަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަނުމަށް ފުރުޞަތު ދީ، ފުރުޞަތުގެ ބޭނުން ނުހިފާނަމަ ޑީޕޯޓް ކުރާނެ ކަމަށާއި، އަދި އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް އެކި އެމްބަސީތަކާ ގުޅިގެން ދެނެގަތުމަށް ފަހު، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި އެމީހުން ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މި ވަގުތު ޤަވާއިދާ ޚިލާފަށް އުޅެނީ ކިހާ ބިދޭސީންނެއްކަން އެނގެން ނެތްކަން ހާމަ ކުރައްވާ މިރޭގެ ފޯރަމްގައި ވަޒީރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. 

"ބައެއް މީހުންނަކީ އައިޑެންޓިފިކޭޝަނެއް ވެސް ނެތް މީހުން. އޭނާގެ ޕާސްޕޯޓެއް ވެސް، އައިޑީ ކުރެވޭނެ އެއްވެސް ޑޮކިއުމަންޓެއް ވެސް ނެތް މީހުން. އެހެންވީމާ މިފަދަ މީހަކު އައިސް ތިމަންނާ އަކީ މިވެނި މީހެކޭ ބުންޏަސް އެކަން ވެރިފައި ކުރެވޭނެ ގޮތެއް ނެތް." 

ވަޒީރު ވިދާޅުވިއެވެ.

ބިދޭސީން ގެންނަ ފަރާތުން އެހެން މީހެއްގެ ބެލުމުގެ ދަށަށް ބިދޭސީ މީހާ ބަދަލުކުރާނަމަ މަރުހަލާތައް އުނދަގޫވުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އެކަން ކުރާ ކަމަށް ވިދާޅުވެ ވަޒީރު ވަަނީ ރާއްޖެއެތެރެވާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ދާކަންވެސް ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.