މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން - ފޮޓޯ: ވޮއިސް
ހަބަރު
29 Apr 2024 | 23:41
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއާއި ޔޫރަޕަށް މިއަހަރު ފަހުކޮޅޮ ފަށަނީ

ޤައުމީ އެއަރ ލައިން މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއާކްރާފްޓާއެކު ޗައިނާ އާއި ޔޫރަޕްގެ ޤައުމުތަކަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ, ވައިޑް ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނެސް، ރެޖިސްޓްރީ ބަދަލުކޮށް ކަންކަން ކުރުމަކީ ވަރަށް ވަގުތު ނަގާ ކަމެއް ނަމަވެސް މި އަހަރު އޮކްޓޯބަރު ނުވަތަ ނޮވެމްބަރު ތެރޭގައި ޗައިނާއާއި ޔޫރަޕަށް ދަތުރުތައް ފަށާނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޮކްޓޯބަރު ފަހުކޮޅު ނުވަތަ ނޮވެންބަރާ ހަމައަށް ދާއިރު އަޅުގަނޑުމެންގެ ގައުމީ އެއާލައިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕްގެ ބައެއް ސިޓީތަކަށް ފެށުމަށްޓަކައި މިދަނީ ޝެޑިއުލްކޮށް ފެއްޓޭނެ ގޮތް ހެދުމަށް އެ ހިސާބަށް ދާއިރު އޮންނާނީ ވައިޑް ބޮޑީ އޮޕަރޭޝަންސްއާ އެކީގައި ފެށިފައި," 

އަމީން ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ބޭނުންވާ ފްލައިޓްތައް ގެނެސް އޮޕަރޭޝަން ފެށުމަށް ތައްޔާރުވެފައިވާކަން މީގެ ކުރިން ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ. 

ފޯރަމްގައި އަމީން އިތުރަށް ވިދާޅުވީ މޯލްޑިވިއަންއަކީ ގައުމީ އެއާލައިން ކަމަށްވާއިރު، މޯލްޑިވިއަންއަށް ގެއްލުންތަކެެއް ވިޔަސް، ބޭރުގެ ގައުމުތަކަށް ޓުއަރިޒަމް ސެކްޓާގައި އުޅުމުން, އިގްތިސޯދަށް ބޮޑެތި ފައިދާ ތަކެއް ވާނެ ކަމަށެވެ. 

މީގެ އިތުރުން މިއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރަން ޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.