އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކް - ފޮޓޯ: ޢިމާރާތް ކުރުމާ ބިނާރާ ބެހޭ ވުޒާރާ
ހަބަރު
29 Apr 2024 | 17:23
އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގެ 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިފި

އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގެ 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިފިއެވެ.

ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހު 18 ވަނަ ދުވަހު ފެށިފައިވާކަމަށާއި އަދާ ހަމައަށް 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅާ ނިމިފައިވާކަމަށެވެ.

އައްޑޫގައި އަޅަމުންދާ މި ބްރިޖަކީ ލިންކް ރޯޑުން ގޮސް ވަކިން އޮންނަ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. މި ބްރިޖުގެ ދިގު މިނުގައި 631.4 ކިލޯމީޓަރު ހުންނާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

 މި ބްރިޖު އަޅަނީ އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން ދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށެވެ. 

އައްޑޫގައި މަގުހެދުމުގެ މައިގަނޑު ދެ މަޝްރޫޢެއް ކުރިއަށް ދާ އިރު، ބްރިޖު ހިމެނޭ މި މަޝްރޫޢަށް ސަރުކާރުން 1.19 ބިލިއަން ރުފިޔާ ޚަރަދުކުރަން ވަނީ ހަމަޖެހިފައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވިފައިވާ މި މަސައްކަތް، ސަރުކާރުން ހަވާލުކޮށްފައިވަނީ ތިލަ މާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ