ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: ވޮއިސް
ހަބަރު
25 Apr 2024 | 19:27
މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރިޔަސް ކިޔެވުމަކަށް ބުރޫއެއް ނާރާނެ - އެމްއެންޔޫ

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭސްވެރިކަން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރި ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމަށް އެމްއެންޔޫ އިން ބުނެފިއެވެ.

އެމްއެންޔޫއިން މި ފަދައިން ބުނެފައިވަނީ އެމްއެންޔޫއިން ބޭސްވެރިކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ދެ ފަންގިފިލާ ހުސްކުރަން އެންގުމާ ގުޅިގެންނެވެ.

އެމްއެންޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޑިކަލް ސުކޫލުގެ ވަސީލަތްތައް މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ޢާްންމު ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުންވާތީ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށްވެސް އެމްއެންޔޫގެ ބަޔާނުގައި ވެއެވެ.

2018 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ދަރުވަމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރީ ވަގުތީ ގޮތުންނެވެ. މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރިނަމަވެސް އެ ދަރިވަރުންނަށް ޕްރެކްޓިކަލް ލެބުތަކުން ދޭ ޚިދުމަތްތަކަށް ބުރޫނާރާނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާކަމަށް އެމްއެންޔޫގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ދަރިވަރުންނަށް ލިބިދޭންޖެހޭ ޢަމަލީ ތަޖުރިބާތައް ކުރިއެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށްވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އެމްއެންޔޫގެ ބަޔާނުގައި ބުނެފައި ވަނީ ޤައުމީ ޔުނިވަރސިޓީން އަބަދުވެސް ކަންތައްތައް އިންތިޒާމް ކުރަނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާ ގޮތަށް، ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް އިސްކަންދީގެން ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަމާ ލާބަ ކަށަވަރު ކުރުމަކީ އެ ޔުނިވަރސިޓީގެ އެންމެ އިސް ވާޖިބު ކަމަށެވެ.

މީގެ އިތުރުން ޙަޤީގަތާ ޚިލާފަށް ޢާންމުންގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެމްއެންޔޫއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.