ސިފްކޯ ހިޔާ ފްލެޓް - ފޮޓޯ: އެމްއެންޑީއެފް
ހަބަރު
28 Apr 2024 | 20:59
ސިފްކޯ ހިޔާ ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: އެމްއެންޑީއެފް

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ސިފްކޯ ފްލެޓުތައް ކުއްޔަށް ދޭނަމަ އެތަންތަން އަތުލާނެ ކަމުގެ އިންޒާރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދީފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިފްކޯ ފްލެޓްތައް ދޫކޮށްފައިވާ މީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތަންތަން ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ނަމަވެސް އެޕާޓްމަންޓުތައް ކުއްޔަށްދޭ މައްސަލަ އެމްއެންޑީއެފްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެއްބަސްވުމާ ޚިލާފަށް އެކަން ކުރަމުންދާ ފަރާތްތަކަށް އެގޮތަށް ޢަމަލު ނުކުރުމަށް އަންގާ އިންޒާރު ދީފައިވާކަމަށާއި، މިހާތަނަށް އަދި އެއްވެސް ފްލެޓެއް އަތުލާފައި ނުވާކަމަށް އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ސިފްކޯ ހިޔާ ފްލެޓްތަކަކީ 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުގެ ވެރިކަމުގައި ފެށި މަޝްރޫޢެކެވެ. ހުޅުމާލޭގައި، ތިން ޓަވަރުގައި 345 އެޕާޓްމަންޓު ޢިމާރާތްކޮށް އެތަންތަން ލިބުނު ސިފައިންނަށް ތަޅުދަނޑިތައް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ކޮމެންޓް
ާިައަަސްމާ
ޥެރިން ތިބީ ފުލެޓު ކުއްޔަށް ދީގެން
28 Apr 2024
ކަޑަ
ތިފުލެޓް ކުއްޔަށް ދީގެންނުވާނެ މިހާރުވެސް ސިފެންގެ ތެރޭގައި ވަންނާނެ ތަނެއް ނެތިގެން ވަރައް ހާލުގައި އުޅޭމީހުން އެބަތިބި
29 Apr 2024
ހުތުން
ކުއްޔައްދެނީ ގެދޮރު ހުރެމެ އުސޫލުން ބޭރުން މީހުންނަށް ފުލެޓު ބަހާފަހުރީމަ. ހިޔާފުލެޓުގަވެސް ކުއްޔައްދޭ ތަންތަން ބައިަރު
30 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.