އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު - ފޮޓޯ: އީސީ
ހަބަރު
25 Apr 2024 | 16:35
ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ އަލުން ގުނަން ޖެހޭ ސަބަބެއް ނޫން - ފުއާދު ތައުފީގު

ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ވިހިވަނަ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުއާދު ވިދާޅުވީ އީސީއިން ދެކޭގޮތުގައި ވޯޓު ފޮށްޓެއް އަލުން ގުނަން ޖެހެނީ ވޯޓުލާއިރު ނުވަތަ ގުނާއިރު ޤާނޫނާ ޚިލާފު ޢަމަލެއް ހިނގައިގެން ނުވަތަ ވޯޓު ގުނުމުގެ ތެރޭގައި ޝައްކު އުފެދޭ ކަމެއް ހިނގައިގެން ކަމަށެވެ.

"ދެ ކެނޑިޑޭޓެއްގެ ވޯޓުގެ ޢަދަދު ކައިރުވުމަކީ ފަހަރެއްގައިވެސް އަޅުގަނޑުމެން ދެކޭގޮތުގަ ގުނަން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެން ދެކޭ ގޮތުގަ ގުނަން ޖެހެނީ ވޯޓުލާއިރު ނުވަތަ ވޯޓު ގުނާއިރު ޤާނޫނާ ޚިލާފު ނުވަތަ ގަވާއިދާ ޚިލާފު އެއްވެސް ކަމެއް އޭގެ ތެރޭގެ ހިނގާފަވާކަމަށް ވަންޏާ. ނޫނިއްޔާ ގުނުމުގެ ތެރޭގަ ޝައްކުވާފަދަ ކަމެއް ވެގެން އެވަގުތު ޝަކުވާ ހުށަހަޅާފައިވާކަމަށް ވަންޏާ."

ފުއާދު ތައުފީޤު ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިޚާބުގައި އެންމެ ކުޑަ ތަފާތެއް ފެނިފައިވަނީ ދުވާފަރު ދާއިރާއިންުނެވެ. އެ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓު މުޙައްމަދު ޢަލީ 1،074 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި އިރު އެ ދާއިރާއަށް ވާދަކުރެއްވި މިނިވަން ކެނޑިޑޭޓު އިބްރާހީމް އަބްދުއްރަޙްމާން ވަނީ 1،070 ވޯޓު ހޯދައްވާފައެވެ. ދުވާފަރު ދާއުރާއަށް ޖުމުލަ 41 ބާޠޮލް 41 ވޯޓު ވެސް ލައިފައިވުމާއެކު އިބްރާހިމް އަބްދުއްރަހްމާންގެ މަންދޫބުން ވަނީ، ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނައިދޭން އެދި ޝަކުވާ ހުށަހަޅާފަ އެވެ. ނަމަވެސް އީސީއިން ނިންމީ އަލުން ގުނަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިޚާބަކީ މިދިޔަ ރިޔާސީ އިންތިޚާބެކޭ އެއްފަދައިން މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު މަޖިލިސް އިންތިޚާބު ކަމަށްވެސް ވެސް މިއަދު ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވި އެވެ.

"މަދު ޢަދަދެއްގެ ޝަކުވާތަކެއް އަޅުގަނޑުމެންނަށް ލިބުނު. އެހެންނަމަވެސް އޭގެތެރޭގަ އަޅުގަނޑުމެން އަލުން ގުނަންޖެހޭފަދަ ނޫނީ ސީރިޔަސް އެއްވެސް މައްސަލައެއް ނެތް. އެހެންވީމަ އަޅުގަނޑުމެންގެ ނަތީޖާ މިއަދު މި އިޢުލާނު ކުރަނީ މިހާތަނަށް ލިބިފަ ހުރި ހުރިހާ ޝަކުވާތަކަކަށްވެސް ބެލުމަށް ފަހުގަ."

ފުއާދު ވިދާޅުވިއެވެ.

އިންތިޚާބުގެ ކަންކަން ކާމިޔާބުކަމާއި އަމާންކަމާއެކު ކުރިއަށް ގެންދިޔުމުގައި ރައްޔިތުން ދެއްވި އެއްބާރުލުމަށް ފުއާދު ތައުފީޤު ޝުކުރު ދެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.