ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލު --- ފޮޓޯ/ވޮއިސް
ހަބަރު
25 Apr 2024 | 17:34
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންއެފް ރަޖިސްޓަރ ކޮށްދީފި

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ރަޖިސްޓަރ ކޮށްދީފިއެވެ.

އިލެޝަން ކޮމިޝަނުން ޕީއެންއެް ކޮށްދެއްވައިފިކަން އިޢުލާން ކުރެއްވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މަލީހު ވަނީ ޕީއެންއެފްގެ ރަޖިސްޓްރީ ހިއްސާ ކުރައްވާފައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު އިސްވެ ހުންނަވާ އުފެއްދި ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޕާޓީ އުފެއްދުމުގެ ޚާއްސަ ޖަލްސާ ބޭއްވީ އޭޕްރިލް 10 ވަނަ ދުވަހުގެ ރެއެވެ. މި ޖަލްސާގައި 329 މީހުން ބައިވެރިވެފައިވެއެވެ.

ޕީއެންއެފް ރަޖިސްޓްރީކުރުމަށް ބޭއްވި ޖަލްސާގައި ޕީއެންއެފްގެ ވަގުތީ ރައީސަކަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. އަދި ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެންދެން އެކުލަވާލި ވަގުތީ ކޮމިޓީއަށް 20 ނަމެއް ކަނޑައެޅިއެވެ. އެގޮތުން ކަނޑައެޅި ސެނެޓަރުންނަކީ:

1.އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

2. ޒޭން އަބްދުﷲ

3. މުހައްމަދު މަލީހް ޖަމާލް

4. މުހައްމަދު ޝަވީދު

5. ޑރ. އަބްދުﷲ އިބްރާހީމް

6. ޑރ. މުހައްމަދު ޖަމީލް އަހުމަދު

7. ޑރ. ޖިހާދު ހަސަން

8. ހުސެއިން ވަހީދު

9. އަހުމަދު މުސްތަފާ މުހައްމަދު

10. އަހްމަދު ފަޔާޒް

11. އަލީ ޝިޔާން ނާޝިދު

12. އަބްދުﷲ ހުސެއިން

13. އަދުލީ އިސްމާއިލް

14. އަނީސާ ސައީދު

15. އައިޝަތު ހަފީޒު

16. ފާތިމަތު ރަހުމާ

17. އައިމިނަތު ސައީދާ

18. އަބްދު ﷲ ޝަހީލު ޖަލީލު

19. މުހައްމަދު އަބްދުލް ލަތީފް

20. އަބްދު ﷲ އަހުމަދު (ވޭމޫ)

މި ޖަލްސާގައި ވަނީ ޕާޓީގެ ލޯގޯ އާއި އަސާސީ ގަވައިދުގެ އިތުރުން ޕާޓީގެ ކުލަވެސް ފާސްކޮށްފައެވެ. ޕާޓީގެ ކުލައަކީ ދަނބު ކުލައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.