އައިޖީއެމްއެޗުގެ އިސްވެރިންނާއި ޤައުމީ ޔުނިވާސިޓީގެ އިސްވެރިންނާ ދެމެދު ބޭއްވުނު ބައްދަލުވުމެއް : ފޮޓޯ: އެމްއެންޔޫ
ހަބަރު
27 Apr 2024 | 22:21
މެޑިސިން ކިޔަވާ ކުދިންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފަ: އެމްއެންޔޫއެސްޔޫ

މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށް މޯލްޑިވްސް ނެޝަނަލަް ޔުނިވާސިޓީ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ބުނެފިއެވެ.

މިރޭ އެމްއެންޔޫއެސްޔޫ އިން ނެރުނު ބަޔާނެއްގައި ވަނީ 26 އޭޕްރީލް ވީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާ މި ބައްދަލުވުމުގައި ސަރުކާރުން، މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ.

އެގޮތުން ދަރިވަރުންގެ ތަޢުލީމީ ހައްޤުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަކަ ކުރައްވާ، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށްވެސް އެމްއެންޔޫއެސްޔޫގެ ބަޔާނުގައި ވެއެވެ.

އެމްއެންޔޫއެސްޔޫއިން ބުނި ގޮތުގައި މި ބައްދަލުވުމުގެ ސަބަބުން، ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު ވަނީ އާވެ ދަރިވަރުންނަށް ވަނީ ހިތްހަމަޖެހުމެއް ލިބިފައެވެ. 

ރޭ ބޭއްވި މި ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސްވެރިންނާއި، އައިޖީއެމްއެޗުގެ އިސްވެރިން އަދި ޤައުމީ ޔުނިވާސިޓީގެ އިސްވެރިންވެސް ވަނީ ބައިވެރިވެ ލައްވާފައެވެ.

2018 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ދަރުވަމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރީ ވަގުތީ ގޮތުންނެވެ. މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފައިވާތީ ވަރަށް ގިނަ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.