މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ މަރްޔަމް މާރިޔާ، "އަހާ" ފޯރަމްގައި - ފޮޓޯ: ވޮއިސް
ހަބަރު
29 Apr 2024 | 22:41
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވައިފި

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ގެންދަމުންދާ "އަހާ" ފޯރަމްގައި ވަޒީރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.

އެގޮތުން ސްޓޫޑެންޓް ލޯނަށް މި ފަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން މި ފޯރަމްގެ ތެރެއިން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

"މިވަގުތު އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނުގެ ޕްރޮސެސް ކުރިއަށް، އަދި އިތުރުވެސް ކޮށްފިން އަޅުގަނޑުމެން އެއީ ދޭއް މެއިއަކީ އެންމެ ފަހު އެޕްލިކޭޝަން ލެވޭނެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ބޭނުންފުޅު ވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތުހަމަވާނަމަ ހުރިހާ ކުދިންނަށް ލޯނު ދެއްވުން."

ވަޒީރު ވިދާޅުވިއެވެ.

ލޯނު ދޫކުރާ ފަރާތްތަކުގެ ހުންނަން ޖެހޭ ބައެއް ޝަރުތުތަކަކީ:

- އުމުރުން 16 އަހަރު ފުރިފައިވުން

- ދިވެހި ރައްޔިތެއް ކަމުގައިވުން

- ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުން

- އެމްއެންކިއުއެފްގެ ލެވެލް 5 އިން ފެށިގެން ލެވެލް 10ގެ ނިޔަލަށްހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމެއް/ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވުން

- ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން

- ޕްރޮފެޝަނަލް ޕްރޮގްރާމެއް ނުވަތަ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާނަމަ އެމްއެންކިއުއެފްގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތަކަށްވުން

- ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން ހިލޭ ނުވަތަ ލޯނެއްގެ ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށް ވުން

- މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް އެ ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފައިވުމާއެކު ލޯނަށް އެދި ހުށަހަޅަން ދިން މުއްދަތު ހަމަވީއިރު، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށްވުން

- ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައ،ި ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރެއް ހުރި ފަރާތަކަށް ވުން. މިގޮތުން ހުށަހަޅާ ގެރެންޓަރަކީ ލޯނު ނަގާ ފަރާތުގެ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ޢާއިލީ މެންބަރަކަށް ވުން.

ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހު، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް ކުރިމަތިލުމަށް ފުރުސަތު ދޭ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ މި ސުންގަޑި އަންނަމަހުގެ 2 ގެ ނިޔަލަށް އިތުރުކޮށްދެއްވާފައެވެ. 

ކޮމެންޓް
ވ
މީނާ އިސްތަށިކޮޅުއެކަނިފޮރުވާފަ ނިވާކުރަށްޖެހޭ އެހެންބާތަށް ނިވާނުކޮއް ފެންނަށްހުއްނާތީ ވަރަށް.ބޮލައްއުދަގޫވޭ ކަރާއަދި މޭމަތި ެސް ބޮލާއެފޮރު ަންޖެހޭކަމަށް އަހަރެމެންށްއެގިފައޮންނަނީ
30 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.