ރަށެއްގައި ފަތުރުވެރިންތަކެއް
ހަބަރު
29 Mar 2024 | 19:42
ގިނަ އެނދުތަކެއް އޮޕަރޭޝަނަށް ގެނެވި، ފަތުރުވެރިންގެ އަދަދު 14 އިންސައްތަ އިތުރުވެއްޖެ

ވޭތުވެ ދިޔަ މަހުގައި ޓޫރސްޓުންނަށް ޚިދުމަތްދިނުމަށް ނެރެވުނު އެނދުގެ އަދަދު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީއިން ވިދާޅުވިގޮތުގައި، ހަމަ އެކަނި މި މަހު 62،206 އެނދު އޮޕެރޭޝަނަށް ނެރެވިފައި ވާއިރު، މިއީ، މިދިޔަ މަހާ އަޅާ ބަލާއިރު 263 އެނދުގެ ކުރިއެރުމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަމައެކަނި ކ. އަތޮޅުން 7075 އެނދު ނެރެފައިވާއިރު، އއ. އަތޮޅާއި އދ. އަތޮޅުން 3336 އެނދު ނެރެފައިވެއެވެ.

މިހާތަނަށް މުޅިއެކު 175 ރިސޯޓު އޮޕެރޭޝަނަށް ގެނެވިފައި ވާއިރު، ޖުމުލަ، 843 ގެސްޓް ހައުސާއި 15 ހޮޓާ ހިންގެމުން ދެއެވެ.

ތަފާސްހިސާބު ދައްކާ ގޮތުން، ދިވެހިރާއްޖެއަށް އަންނަމުން ދާ ފަތުރުވެރިންގެ އިންސައްތަ ދަނީ ހަލުވި ދުވެއްޔެއްގައި އިތުރުވަމުންނެވެ. އެ ގޮތުން، މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުން، ޖުމުލަ 167،175 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު، މި އަހަރު ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ބައި މިޔިނަކަށްވުރެ އިތުރުވެފައެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު، ފަތުރުވެރިންގެ އަދަދު ވަނީ 14.2 އިންސައްތަ އިތުރުވެފައެވެ.

2023 ވަނަ އަހަރު ރާޢްޖެއަށް މުޅިއެކު 1.8 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. މި އަހަރަށް މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަކީ 2 މިލިޔަން ފަތުރުވެރިން ގެނެއުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.