ރައީސް ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ : ރައީސް އޮފީސް
ހަބަރު
30 Mar 2024 | 09:58
އަމިއްލައަށް ޤާއިމުކުރެވެން ހުރި ކަންކަން އަމިއްލައަށް ޤާއިމުކުރުމަކީ މުސްތަޤުބަލަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ބިންގާ - ރައީސް

އަމިއްލައަށް ޤާއިމުކުރެވެން ހުރި ކަންކަން އަމިއްލައަށް ޤާއިމުކުރުމަކީ ރައްޔިތުންގެ މުސްތަޤުބަލަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ބިންގާ ކަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭގައި ބޭއްވި ޕީޕީއެމް / ޕީއެންސީ ކެމްޕެއިން ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިންގެ އަމިއްލަވަންތަކަން ޤާއިމުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަމިއްލައަށް އެއަރ އެމްބިއުލަންސް ގެ މަސައްކަތް ފެށުނު ކަން ފާހަގަ ކުރައްވާފައިވެއެވެ.

"އަމިއްލައަށް ކުރެވެން ހުރި ކަންކަން އެހެން މީހުންގެ ކިބައިން އެދިގެން، އެހެން މީހުންނަށް ބަރޯސާވުން، ރާއްޖޭގަ މިއޮތް އާދަކާދަ ނިމުމަކަށް ގެންނަން ޖެހޭ"

ރައީސް ޑރ.މުޢިއްޒު

މީގެ އިތުރުން، ރާއްޖޭގައި އުފެއްދޭ ކާ އެއްޗެހީގެ ބާވަތްތައް އެހެން ޤައުމުތަކުން އިމްޕޯޓު ކުރުން ނިމުމަކަށް ގެނެސް ރާއްޖޭގައި އަމިއްލައަށް، ކާބޯތަކެތި އުފެއްދުމަކީ އިޤްތިޞާދު ކުރިއެރުވުމަށް ކޮންމެހެންވެސް ބޭނުންވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގައި އިމްޕޯޓުކުރެވޭ ކާބޯތަކެއްޗާއި އަޅާބަލާއިރު، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި، ނިސްބަތުގެ ގޮތުން ވަރަށް މަދެވެ. އެހެންކަމުން، ދިވެހިންނަށް ބަރޯސާވާން މަޖުބޫރުވެފައިވަނީ އިމްޕޯޓު ކުރެވޭ ކާބޯތަކެއްޗަށެވެ. މީގެ ތެރޭގައި ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ކާނާވެސް ހިމެނޭއިރު، މި ބާވަތްތައް ރާއްޖޭގައި ހެއްދުމުގެ ބަދަލުގައި ބޭރުން ގެނައުމަކީ، އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަރާ ދިޔުމަށް ގޮންޖަހާލާ ބޮޑު ހުރަހެކެވެ.

ރައީސް ވިދާޅުވިގޮތުގައި އިމްޕޯޓުގެ މައްސަލަ ޙައްލުކުރުމުގެ ފުރަތަމަ މަރުޙަލާއަކީ، ދިވެހި ރައްޔިތުންނަށް، ފުޑް ސެކިޔުރިޓީ ޤާއިމުކުރުމެވެ. އެގޮތުން އުތުރު ތިލަފަޅުގައި، 200 ހެކްޓަރުގެ ބިން ހިއްކައިގެން އިންޓެގްރޭޓް ޑިވެލޮޕްމަންޓާއެކު، އެގްރިކަލްޗަރ އިންޑަސްޓްރިއަލް ޒޯނެއް ޤާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ބޮޑު މަޝްރޫޢުގެ މަޤުސަދަކީ، ހުރިހާ ދިވެހިންނަށް ފުދޭ މިންވަރަށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދުމެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވިގޮތުގައި، ދެވަނަ މަރުޙަލާއަކީ، ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެތިވެސް ރާއްޖޭގައި އުފައްދާ ފޯރުކުރުމެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީ، އަމިއްލައަށް ޤާއިމުކުރެވެން ހުރި ހުރިހާ ކަމެއްގަ ޤާއިމު ކުރުމަކީ އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންނަށްޓަކާ، މުސްތަޤުބަލަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ބިންގާ" 

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވެއެވެ.

މި ދެ މަރުޙަލާ ފެށުމުން، ދިވެހިންނަށް އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް ފަހިވާނެ ކަމަށާއި އެތައް ރައްޔިތުންނަކަށް ލިބޭ ޢަމްދަނީ އިތުރުވެ ދިވެހިންގެ ފުދުންތެރިކަން އިތުރުވާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް އަމިއްލަވަންތަކަން ދިރުވުމަށް ރޭގެ ޖަލްސާގައި ރައީސް އިލްތިމާޒު ކުރެއްވިއެވެ. އެގޮތުން ކަންކަން ކުރުމަށް އިސްނެގުމަށް އެދިލައްވާ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ އިޙުސާސް ކުރެވޭނީ ބޭރު ޤައުމުތަކަށް ބަރޯސާނުވެ، އަމިއްލައަށް ކަންކަން ކުރަން ފެށީމާކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.