މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
24 Jul 2024 | 22:06
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަޙްޤީގުކުރާ ޤަވާއިދަށް ބަދަލުގެނެސްފި

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތް މައްސަލަ މަޖިލިސް މަރުހަލާގެ ތެރެއިން ތަޙްޤީގުކުރާ ޤަވާއިދަށް ބަދަލު ގެނެސްފިއެވެ.

މި ޤަވާއިދަށް ބަދަލު ގެނެސްފައިވަނީ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމުގައި، މަޖިލީހުގެ މަރުހަލާގައި އަވަސް އަރުވާލެވޭ ގޮތަށް މިދިޔަ 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ބަޔަށެވެ. އެއީ މަޖިލިސް ގަވާއިދުގެ 224 ވަނަ މާއްދާގައި ހިމެނޭ ބައިތަކެކެވެ.

މިއަދު 20 ވަނަ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަން ފެށި ޤަވާއިދުގައި ވަނީ، ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ މައްސަލައެއް ތަހުގީގު ކުރުމަށް އެކުލަވާލާ ހަތް މެންބަރުންގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުން ގިނަވެގެން 10 ދުވަސް ތެރޭގައި ތަހުގީގު ނިންމަންވާނެ ކަމަށެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި މި ޤަވާއިދު އޮތީ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމަށެވެ.

މިއަދު އަލަށް ފާސްކުރި ޤަވާއިދުގައި ވާގޮތުން، ކޮމިޓީއަށް މައްސަލަ ހުށަހެޅުމުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަން ޖެހެނީ މަދުވެގެން 24 ގަޑިއިރުގެ ނޯޓިސް މެންބަރުންނަށް ދިނުމަށް ފަހުގައެވެ. 19 ވަނަ މަޖިލީހުގައި މި ޤަވާއިދު އޮތީ މަދުވެގެން ހަ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށެވެ. މީގެ އިތުރުން މައްސަލަ ތަޙްޤީގުކުރުމަށް ކޮމިޓީއަށް އެއްވެސް މީހަކު ހާޒިރު ކުރާ ނަމަ، މަދުވެގެން ދެ ގަޑިއިރުގެ ނޯޓިސް އެއް ދިނުމަށް ކުރިން އޮތް ޤަވާއިދު ވަނީ މަދުވެގެން ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭގޮތަށް ބަދަލު ގެނަސްފައެވެ. 

މީގެ އިތުރުން ތަހުގީގު ކޮމިޓީގެ ރިޕޯޓު ރައީސް އާއި ނައިބު ރައީސަށް ފޮނުވާ ތާރީހުން ފެށިގެން ގިނަވެގެން ދެ ދުވަސް ތެރޭ ލިޔުމުން ޖަވާބުދާރީ ވާން ޖެހޭގޮތަށް އޮތް ޤަވާއިދު ވަނީ ހަތް ދުވަސް ތެރޭގައި ލިޔުމުން ޖަވާބުދާރީވާން ޖެހޭ ގޮތަށް ބަދަލުކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު ނިންމައި އާއްމު ކޮމިޓީން ފޮނުވި ރިޕޯޓުގައި މި ބަދަލުތަކާ ގުޅިގެން ބުނެފައި ވަނީ، އެކަންތައްތަައް ބަދަލުކުރީ، ކުރިން ގަވައިދުގައި ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ މުއްދަތުތަކެއް ކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.