މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް "މާލެ ފަހި" ޕްރޮގްރާމް އިފްތިތާޙްކުރުރުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Jul 2024 | 21:35
މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް "މާލެ ފަހި" ޕްރޮގްރާމް އިފްތިތާޙްކުރައްވައިފި

މާލެ ސަރަޙައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފެށި "މާލެ ފަހި" އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މާލެ ފަހި ޕްރޮގްރާމަކީ މާލެ ސަރަޙައްދުގައި، ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ، ކަމާ ގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވާލި "އަރބަން ޓްރެފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ" ގެ ލަފަޔާއި މަޝްވަރާ އާއެކު އެކުލަވާލި ޕްލޭނުގައިވާ ޙަރަކާތްތަކެކެވެ.

މާލެ ފަހި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ތިން ބަޔަކަށް ބަހާލާއިގެންނެވެ. އެގޮތުން ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ ޢަދަދު ކޮންޓްރޯލްކުރަން ރޭވިފައި ވާއިރު، ޕަބްލިކް ޓްރާންސްޕޯޓްގ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ އިތުރުން މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަކަށް މި ޕްރޮގްރާމުގެ ދަށުން ހެދޭނެއެވެ.

މިރޭ މި ޕްރޮގްރާމް އިފްތިތާޙު ކުރިއިރު، މާލޭސިޓީ ކައުންސިލުން ވަނީ، މާލެ ފަހި ޕްރޮގްރާމުގެ ދަށުން، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި، ވަކި ރަށެއް، ސިޓީއެއް ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ޤަވާއިދަކީ ތަންފީޒުކުރުމަށް އެކަށޭނެ މިންގަޑަށް ނުފެތޭ ގޮތަށް ހަދާފައިވާ ގަވާއިދަކަށް ވާތީ، މިހާތަނަށް އެ ގަވާއިދު ތަންފީޒުކުރެވިފައި ނުވާކަމަށާއި ނަމަވެސް އެގަވާއިދު އިސްލާހުކޮށް، މިދިޔަ މާޗު މަހުގެ ތެރޭގައި ގެޒެޓްކޮށްފައި ވާނެކަމަށް ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ގަރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުމާއި އެހެނިހެން ވިޔަފާރި ކުރުމަށް ގަރާޖް ރަޖިސްޓްރީކުރުން ނިމުމަކަށް ގެންނަން ވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އެގޮތުން، ސިޓީ ކައުންސިލުން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ޖާގަ އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭ ތަންތަނުގެ މައުލޫމާތު އެއް ވިއުގައެއްގެ ތެރެއިން އިދާރާތަކަށް ފެންނާނެ އިންޓަގްރޭޓެޑް އިންފޮމޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާކަމަށް މައުލޫމާތު ދެއެވެ.

މި ކަންކަމުގެ އިތުރުން، މިހާރު މާލެ ސަރަހައްދުގައި ދުއްވަމުންދާ، އާރުޓީއެލް ބަސްތަކަކީ މަގުތަކުގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް އަދި ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ޝެޑިއުލްއާ އެއްގޮތަށް ބަހަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.