ކ.ގުރައިދޫ - ފޮޓޯ: ޕީއެސްއެމް
ހަބަރު
24 Jul 2024 | 20:29
ގުރައިދޫ ފަޅު ކައިރިން ވެލި ނަގަމުންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ކ.ގުރައިދޫ ފަޅު ކައިރިން ވެލި ނަގަމުންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކ.ގުރައިދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި، ވަނީ އެރަށުގެ ހުޅަނގު ފަރާތު ފަޅުކައިރިން ބިން ހިއްކުމަށް ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށާއި ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކައުންސިލުން ބުނީ ކ.ގުރައިދޫގެ އިޚްތިޞާސް ހިނގާ ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ޑައިވް ޕޮއިންޓްތަކާއި، ސްނޯކްލިން ޕޮއިންޓްތަކާއި، ސޭންޑް ބޭންކްތަކާއި މޫދުއަޑީގެ ރީތި މަންޒަރުތައް ހިމެނޭ، ފަތުރުވެރިންގެ މަޤްބޫލު މަންޒިލެއްކަމަށެވެ. އޭގެ ތެރޭގައި ކަނޑޫމާ ތިލައާއި، ގުރައިދޫ ކޯނަރ އަދި ރާޅާ އަޅާ ސަރަހައްދު ހިމެނެއެވެ.

ނަމަވެސް ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް އެ ސަރަހައްދުގެ ފަޅުތައް ހަމަޖައްސާފައިވުމުގެ ސަބަބުން، ގުރައިދޫ ކައިރީގެ ގިނަ ފަޅުތަކެއް ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި ފަޅުތައް ހިއްކުމަށް ބޭނުންވާ ވެލި ނަގަމުންދަނީ ގުރައިދޫގެ ހުޅަނގުފަރާތުން ފަޅުކައިރިން ކަމަށާއި، މިކަމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ފަޅުތަކާއި ގިރިތަކާއި ހާތަކަށް ލިބޭ ގެއްލުންތަކުގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމަށްވެސް ނުހަނު ގިނަ ގެއްލުންތަކެއް ލިބެމުންދާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، މިއީ ޚައްސާސީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި މިކަން ވަގުތުން ހުއްޓާލުމަށް ބޯޓުގެ ވެރިފަރާތަށް އަންގާފައިވާ ކަމަށާއި، މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ކައުންސިލާއި ރަށުގެ ރައްޔިތުން މިކަމާ ދެކޮޅަށް ނުކުމެ އިހުތިޖާޖު ކުރާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.