މެމްބަރު ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
12 Sep 2022 | 09:58
ސަރުކާރަށް ސަނާކިޔުމުގައި މިނިސްޓަރުން ކުފުރުވާ ހިސާބަށް ގޮސްފި: ޝިޔާމު

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހުއަށާއި، މި ސަރުކާރަށް ސަނާކިޔުމުގައި މިނިސްޓަރުން ކުފުރުވާ ހިސާބަށް ކަންކަން ގޮސްފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/2( ވަޒީފާއާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ. 

ޝިޔާމުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރަކީ ރައީސުލް ޖުމްހޫރިއްޔާއަށް ހަގީގަތް އޮޅޭ މިންވަރަށް ސަރުކާރަށް ސަނާކިޔަމުންދާ މަންޒަރުކަމަށެވެ. 

ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބޭގޮތަށް ސަރުކާރުން ބިލުތައް ފަރުމާކުރަމުން ދިޔަ ނަމަވެސް، މަޖިލީހުގެ ބައެއް މެމްބަރުންވެސް ސަރުކާރަށް ސަނާކިޔާ ސަރުކާރު ދިފާއުކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އެވާހަަކަތަކާއި ގުޅުވާ ޝިޔާމު ވިދާޅުވީ، ސަރުކާރާއި ރައީސް ސޯލިހުއަށް ސަނާކިޔުމުގައި މިނިސްޓަރުން ކުފުރުވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. ޝިޔާމުގެ ވާހަކައިގައި އިޝާރާތްކުރެއްވީ ހޯމް މިނިސްޓަރު އިމްރާނުއަށެވެ. 

"ކުރިން ރޭ އޮތް ޖަލްސާއެއްގައި، މިއަދުގެ ހޯމް މިނިސްޓަރު ގުރުއާނުގެ އާޔަތްވެސް ނުބައިކޮށް ވިދާޅުވިކަމަށް އަޅުގަނޑަށް ނޫސްތަކުން މި ފެންނަނީ. ކުފުރުވާ ހިސާބަށް ސަރުކާރުގެ ވަޒީރުން ސަރުކާރަށް ސަނާކިޔުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ސަނާކިޔުމުގައި ކުފުރާ ހިސާބަށް ގޮސްފިކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ" ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު މިފަދައން ވިދާޅުވީ ލ. އަތޮޅުގައި ކުރިއަށްދާ ވިޔަވަތި ކޮންފަރެންސްގއި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާނު މި ސަރުކާރަށް ތައުރީފުކުރައްވާ، މި ވެރިކަމަކީ ކީތިރި ނަބިއްޔާ މުހައްމަދު (ޞޢވ) ކުރެއްވި ފަދަ ވެރިކަމެއް ކަމަށާއި، ރައީސް ސޯލިހުއަކީ ދުއާދެއްވިގެންދާ ފަދަ ވެރިއެއްކަމަށް ސިފަކުރައްވާ ވާހަކަދެއްކެވުމާއި ގުޅިގެންނެވެ. 

ޝިޔާމު ވިދާޅުވީ ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައުމަށް ހުށައެޅި ބިލުގައި ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން ތަފާތުކޮށްފައިވާކަން ފާހަގަކުރައްވާ ޝިޔާމު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެފަދަ ތަފާތުކުރުންތައް އޮތުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޒުވާނުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

އެގޮތުން، ކުޑަ އުޖޫރައިގައި ބިދޭސީން ގެނެސް މަސައްކަތްކުރުވުމުގެ ފުރުސަތު މި ގާނޫނާއެކު ލިބިގެންދާނެކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންނަށް އޮތް ފުރުސަތުތައް އެތައް ގުނައެއް ހަނިވެގެންދާނެކަން ޝިޔާމުގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ. އަދި މި ހަގީގަތަކީ ސަރުކާރަށް ސަނާ ކިޔުމުގެ ބަދަލުގައި ހާމަކުރަންޖެހޭ ހަގީގަތެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ