އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު-- ފޮޓޯ/މަޖިލިސް
ހަބަރު
13 Sep 2022 | 13:43
އެހެން ގައުމު ތަކުގެ އިންސާނުންނާ އެއްގޮތަށް ވިސްނުން ބަދަލުކޮށްގެން ނޫނީ ލިބޭނެ ރަނގަޅެއް ނެތް: ހަސަން

އެހެން ގައުމު ތަކުގައި ދިރިއުޅޭ އިންސާނުންނާއި އެއްގޮތަށް ދިވެހިންގެ ވިސްނުމާއި، އަޚްލާގު ބަދަލުކޮށްގެން ނޫނީ ލިބޭނެ ރަނގަޅެއް ނުވަތަ މަންފާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަރާޖު ސިޓީ އުވައިލެއްވުމަށް ރަައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ހުށަހަޅުއްވާފައިވާ އެއްގަމު އުޅަނދުފަހަރާ ގުޅޭ ޤާނޫނުގެ އިސްލާހަށް ބަހުސްކުރައްވަމުން ހަސަން ވިދާޅުވީ، ގަރާޖު ސިޓީ އަދި އެހެން އެއްޗެއްވެސް އެޅުމުގެ ކުރިން އަޅުގަނޑުމެން ވިސްނުމާއި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތު އަޅުގަނޑުމެން ބަދަލުކުރަން ޖެހޭކަމަށެވެ. 

"ގަރާޖު ސިޓީ އަދި އެހެން އެއްޗެއްވެސް އެޅުމުގެ ކުރިން އަޅުގަނޑުމެން ވިސްނުން ބަދަލުކުރަންޖެހޭ. ވިސްނުމާއި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތު އަޅުގަނޑުމެން ބަދަލުކުރަން އެބަޖެހޭ. ވިސްނުން، އަޅުގަނޑުމެން އެހެން ގައުމުތަކުގެ އިންސާނުން ދިރިއުޅޭ ގޮތަށް އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންގެ އަޚްލާގާއި އަޅުގަނޑުމެންގެ ސިފަތައް ރަނގަޅުކޮށްގެން ނޫނީ އަދި މިހެން ބިލެއް ހުށަހަޅައިގެން، ގާނޫނެއް ފާސްކުރިއަކަސް ވާނެ ރަނގަޅެއްވެސް އެއިން ލިބޭނެ މަންފާއެއްވެސް އޮތް ކަމަކަށް ނުދެކެން."

ހަސަން އެފަދައިން އެ ވިދާޅުވި ސަބަބު އިތުރަށް ތަފްސީލު ކޮށްދެއްވަމުން މިސާލެއް ނަންގަވައި އޭނާ ވިދާޅުވީ، ސައިކަލު ދުއްވާ ބައެއް ފަރާތްތަކުން އެ ދުއްވާ ސައިކަލު އަނެކާ، ގެއިން ނުކުންނަ ދޮރު ކުރިމަތީގައި ޕާކުކޮށްފައި އެތައް އިރެއްވަންދެން ހުންނަ ކަމަށެވެ. އޭގެ ސަބަބުން، އެގޭގެ ވެރިމީހާ އެތައް އިރެންވަންދެން ގެއިން ނުނިކުމެ އިންނަން ޖެހޭ ކަމަށެވެ. 

"10 ބުރިއަށް ގެ އަޅާފަ، އެ ގެ އެޅި ފަރާތުގެ ކާރުވެސް މި އޮންނަނީ މަގުމަތީގައި. މީ އެގައުމު. ދުނިޔޭގެ އެހެން ގައުމުތަކުގައި ގެދޮރު އަޅާފައި ފުލެޓު އެޅިޔަސް އެތަނަށް ވަންނާނެ އިންސާނުން އަންނަ ކަމަށް ވަންޏާ، ދުއްވާ އެއްޗެހިވެސް ހުންނާނެ ކަމަށް ބަލައިގެން ފަރުމާ ކޮށްފަ ހުންނަނީ ގައުމުތައް. އަޅުގަނޑުމެން މި ގައުމު ފިޔަވައި." ހަސަން ވިދާޅުވިއެވެ. 

ހަސަން އިތުރަށް ވިދާޅުވީ، ބިމެއް ހިއްކުމަށްފަހު އެތަނަށް ކާރެއް ނުވަތަ ގަރާޖެއް ރެޖިސްޓްރީ ކުރަން ބޭނުންވި ނަމަވެސް އެތައް މުއައްސަސާ އަކަށް ގޮސް އެތައް މަރުހަލާތަކެއް ކަޑައްތު ކޮށްގެން، ނޫނީ އެކަން ވާގޮތެއް ނުވާކަމަށެވެ. އެހެން ކަމުން އެކަންކަން ލުއި ފަސޭހަ ކަމާއި އެކުގައި ކުރެވޭނެ ގޮތަށް ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

"ލަންކާއަށް ވެހިކަލް އެތެރެ ކުރާކަމަށް ވަންޏާ ފަސް އަހަރު ދުވަހުގެ ޓެކްސް އާއި އެއްކޮށް އޭނާ ކަސްޓަމުން ކްލިއަރ ވެގެން އަންނައިރު އޭނަ އެހުރީ ކްލިއަރ ވެފަ." ހަސަން ވިދާޅުވިއެވެ. 

ހަސަން ވިދާޅުވީ، ދިވެހިރާއްޖޭގައި ހުރި އެފަދަ ބޮޑެތި އެތައް ގާނޫނީ މައްސަލަތަކަށް ހައްލު ލިބޭނީ އެންމެހައި ސިޔާސީ ފަރާތްތަކުންވެސް، އެބޭފުޅުންގެ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް އެއް މޭޒު ދޮަށަށް އެއްވެ، އެކަން ކަމާއި މެދު މަޝްވަރާކޮށް ހައްލު ކުރަން މަސައްކަތް ކޮށްގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.