ވަކީލުކަމުގެ ސަނަދު ދޫނުކުރާތީ ދަސްވެނިން ކުރަމުންދާ އިހްތިޖާޖު ގެ ތެރެއިން-- ފޮޓޯ: ވޮއިސް
ހަބަރު
12 Sep 2022 | 14:46
ވަކީލުކަމުގެ ސަނަދު ދޫނުކުރާތީ ދަސްވެނިން އިހްތިޖާޖު ކުރަނީ!

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދާއި ގުޅިގެން ދަސްވެނިންނަށް ވަކީލު ކަމުގެ ހުއްދު ނުލިބޭތީ އެ ގަވާއިދު އިސްލާހު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިހްތިޖާޖު ކުރަންފަށައިފިއެވެ. 

މި އިހްތިޖާޖުގެ ބައިވެރިން އަންނަނީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދު ފާސްކުރުމުގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުންވެސް އެ ގަވާއިދަށް ޢަމަލު ކުރަންޖެހޭތީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން އެ ގާނޫނު ފާސްކުރުމުގެ ކުރިން ކިޔަވަންފެށި ދަރިވަރުންވެސް ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން، ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ ގޮތަށް އެ ގަވާއިދުގައި އޮންނަ އޮތުން ބަދަލުކުރުމަށް އިހްތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އަދި އެފަދައިން ގަވާއިދުގައި އޮންނާތީ އެ ދަރިވަރުންނަށް ގާނޫނީ ލައިސަންސް ނުލިބި، ވަޒީފާ ލިބުމުންވެސް މަހުރޫމްވެފައިވާތީ އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މީގެ އިތުރުން، މި ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިންވަނީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދަށް އަމަލު ކުރަން ޖެހޭނީ އެ ގަވާއިދު ފާސްކުރުމުގެ ފަހުން ކިޔަވަންފެށި ދަރިވަރުން ކަމަށްވެސް ފާހަގަކޮށްފައެވެ. އެހެންކަމުން އޭގެ ކުރިން ކިޔަވަންފެށި ދަރިވަރުން އެ ގަވާއިދަށް އަމަލުކުރުންޖެހޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނައުމަށްވެސް އެފަރާތްތަކުން ވަނީ އެދިފައެވެ. 

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ވަކީލުކަމުގެ ހުވާ ކުރެވެނީ 1 އަހަރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް، ބާ އިމްތިހާނުން ފާސްވުމުންނެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން، ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ ގޮތަށް، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދު އެކުލަވާލީ 2019 ގަ އެވެ.

ނަމަވެސް، މިހާތަނަށް ވެސް ބާ އިމްތިހާން ބާއްވާފައި ނުވާތީ، ކިޔަވައި ނިންމާފައި ތިބި ގިނަ ބަޔަކަށް ވަކީލުކަމުގެ ލައިސެންސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.