މެމްބަރު ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
12 Sep 2022 | 11:21
ސަރުކާރުގެ މަގްސަދަކީ ރިޔާސީ އިންތިޚާބަށް މުއްސަދިންގެ ޖީބުން ފައިސާ ހޯދުން: ހުސެއިން

ސަރުކާރުން ސްޕޮންސަރކޮށްގެން ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ މަގްސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މުއްސަދިންގެ ޖީބުތަކުން ފައިސާ ހޯދުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. 

ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން މެމްބަރު ހުސެއިން ވިދާޅުވީ، ސަރުކާރުން ހުށައަޅާ ބިލުތަކުގެ ހަގީގީ މަގްސަާއި މެދު މިހާރު ސުވާލުއުފެދޭކަމަށެވެ. އެގޮތުން ފެންނަމުންދާ މަންޒަރަކީ ބިލު ފާސްކުރުމަށްފަހު، އެ ބިލަށް އިތުރު އިސްލާހުތައް ހުށައަޅައިގެން ރައްޔިތުންނަށް ތަކުލީފަކަށްވާގޮތަށް ބިލުތައް ބަދަލުކުރަމުންދާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. 

މިއަދު މަޖިލީހުގައި ބަހުސްކުރެވޭ ވަޒީފާއާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީވެސް ރައްޔިތުންނަށް ގެއްލުން ހުރި އިސްލާހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. 

ބިލާއި މެދުގައި ކަންބޮޑުވުން ފާޅުކުރައްވާ މެމްބަރު ހުސެއިން ވިދާޅުވީ، އެ ބިލުގެ ސަބަބުން، ރާއްޖޭގެ މަސައްކަތްތެރިންނަށް ލިބޭނެ ފައިދާއެއް ނެތްކަމަށެވެ. އޭގެ އިތުުރުން އެއީ ރާއްޖެއަންނަ މަސައްކަތްތެރިންގެ ހައްގުތަކަށްވެސް އުނިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ތަފާތުކުރުން ބޮޑު ބިލެއްކަމަށެވެ. 

ބިލު ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، ބިލުގެ ހަގީގީ މަގްސަދަކީ ސަރުކާރަށް ވާގިވެރިވާ ވިޔަފާރިވެރިންގެ ޖީބުތަކަށް ލުއިކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަދަލުގައި ސަރުކާރުން އަމާޒުހިފާފައި ހުރީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އަންނަން ވާއިރަށް މުއްސަދިންގެ ޖީބުތަކުން ފައިސާ ހޯދުމަށްކަމަށް އޭނާ ވިދާޅުވިއެވެ. 

"ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކަމަށް ވާތީ ވެ، ބައެއް މުއްސަދިންގެ ޖީބުތަކުން ދައުލަތް ހިންގުމައްޓަކައި އަދި ސަރުކާރުގެ މައި ޕާޓީ ހިންގުމަށްޓަކައި ފައިސާ ހޯދުމަށް މަސައްކަތްތަކެއް އެބަކުރޭ. އެހެންކަމުން މި ފަދަ ބިލުތައްވެސް ކޮށާ މަށާލައިގެން އެ ފަރާތްތަކަށް ލުއިދީގެން ނަމަވެސް މިކަން ކުރެވޭތޯ ސަރުކާރުން ބަލަމުންދާކަމީ ފެންނަން އޮތް ހަގީގަތް"

މެންބަރު ހުސެއިން މުހައްމަދު ލަތީފު

މެމްބަރު ހުސެއިން އިތުރަށް ވިދާޅުވީ މި އިސްލާހާއެކު، ދިވެހިންނަށް ލިބެން ހުންނަ ވަޒީފާތަކަށް ކުޑަ އުޖޫރައިގައި ބިދޭސީން ގެނައުމުގެ ދޮރު ހުޅުވިގެންދާނެކަމަށެވެ. އޭގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މެމްބަރު ހުސެއިންވަނީ އެ ބިލު މިހާރު އޮތް ގޮތަށް ފާސް ނުކުރުމަށްވެސް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ