ރައީސް މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Mar 2026 | 15:34
މަޖިލީހުގެ މި ދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅަން މަސައްކަތް އެބަ ކުރަން: ރައީސް މުޢިއްޒު

ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާ ގޮތަކަށް ވާނީ ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ހޮވޭ މެންބަރުން، ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ސުޕްރީމް ކޯޓަށް ގޮސްގެން ހުކުމެއް ކޮށްގެން ފަހަރެއްގައި މެންބަރެއްގެ ގޮނޑި ގެއްލިދާނެ، އެނޫން ގޮތެއް ނޯވޭ. ޑިމޮކްރެޓިކް ހަމަތަަކަށް ބަލާއިރުގައި ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނެ ގޮތަކަަށްވާނީ އެ ފުރުސަތު ރައްޔިތުންނަށް އޮތުން. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޕްރެކްޓިސްކުރާ ނިޒާމެއް،" ރައީސް ވިދާޅުވިއެވެ.

މިއާއެކު ރާއްޖޭގައި އެކަން ފަހިކުރުމުގެ ގޮތުން ފަންނީ މަޝްވަރާތައް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އެގޮތުން މަޝްްވަރާކުރެވެމުންދާ ކަންކަންވެދް ވަނީ ހާމަކުރައްވާފައެވެ. އެއީ؛

- ރިކޯލު ޕެޓިޝަނެއްގައި ސޮއިކުރަންޖެހޭނީ ކިހައި އަދަދެއްގެ ރައްޔިތުންތޯ،

- އެ ޕެޓިޝަން މަޖިލީހަށް ލިބުމުން މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމެވޭނީ މަޖިލީހުގެ މެންބަރުންގެ ކިހައި އަޣުލަބިއްޔަތަކުންތޯ،

- އެފަދަ ވޯޓެއްގައި ކޯރަމް ގުނާނީ ކިހިނެއްކަން

މީގެ އިތުރުން މެންބަރުން ވަކިކުރުމަށް ރައްޔިތުންނަށް ހުށަހެޅޭނީ ކޮން ސަބަބުތަކެއް މެދުވެރިގެންކަން ގާނޫނުގައި ބަޔާންކުރަންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

"އުންމީދު މިކުރަނީ މިހާރު ހިނގަމުންދާ އެ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއަށް ހުށަހެޅޭނެ ކަމަށް. މަސައްކަތްކުރަނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.