އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓަރ ސިޓީ އާއި ސަންޑަލޭންޑް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނާގައި އެޓީމް ހަމަޖެހިލައިފިއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސަންޑަރލޭންޑްގެ މައްޗަށް އެޓީމް ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ.
މެޗުގެ 9 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރި ހިތްގައިމު ހިލޭޖެހުމަކުން ސިޓީން ލީޑު ނެގި ނަމަވެސް، ސަންޑަލޭންޑުން ވަނީ ކުޅުން ރަނގަޅުކޮށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. ނަތީޖާއަކަސްވީ ބްރަޔަން ބްރޮބީ ލަނޑެއް ޖަހައި މެޗް އެއްވަރުކުރުމެވެ. މެޗް އެއްވަރުވެފައި ވަނިކޮށް ސިޓީއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ރަޔާން ޗެރްކީ އެވެ. ސިޓީގެ އެ ލަނޑަށްފަހު ބްރޮބީ ވަނީ އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މެޗް އެއްވަރުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ސެމެންޔޯ ވަނީ ލަނޑެއްޖަހައި ދެވަނަ ފަހަރަށް ސިޓީއަށް ލީޑް ހޯދައިދީފައެވެ.
ދެވަނަ ހާފް ފެށިތާ މާ ގިނައިރުތަކެއް ނުވެ ސެމެންޔޯ ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 4-2 ކަށް ބަދަލުކޮށްފައެވެ. މިމެޗްގައި ސަންޑަލޭންޑުގެ ބްރޮބީގެ ކުޅުން ފާހަގަވެގެންދިޔައިރު އޭނާ ހެޓްރިކް ހެދި ލަނޑު ޖަހާފައިވަނީ 59 ވަނަ މިނެޓްގެ ތެރޭގައެވެ. މެންޗެސްޓަރ ސިޓީގެ ފަހުލަނޑު ކާމިޔާބުކޮށްދިނީ، ހާލާންޑެވެ.
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists