މައުރޫފް ޒާކިރު
ހަބަރު
05 May 2026 | 11:24
ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން ހައްލެއް ހޯދަންއެދި ހުށަހެޅި މައްސަލަ ބޭރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ މައިދާނާ ރާއްޖެ ދުރުގައި އޮތް ނަމަވެސް، ޔޫރަޕާއި ރާއްޖެއާ ދެމެދު އޮންނަ ދަތުރުފަތުރުގެ މަގުތަކަށް އެޅޭ ހުރަސްތަކުގެ ސަބަބުން އިގްތިސާދީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ވިޔަފާރިތަކަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ މައްސަލައިގައި ބުނެފައިވަނީ، ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 7,000 އިން 4,000 އާއި 5,000 އާ ދެމެދުގެ އަދަދަކަށް ދަށްވެފައިވާ ކަމަށެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 2,000 ބުކިން ކެންސަލްވަމުންދާ ކަމަށާއި، މިއީ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 21 އިންސައްތަ ދަށަށް ދިއުމެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2025 ވަނަ އަހަރު 5.4 އިންސައްތައިގައި ހުރުމަށްފަހު، 2026 ވަނަ އަހަރު 1 އިންސައްތައަށް ދަށްވާނެއެވެ. މިއީ ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ ނަތީޖާ ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މި ހާލަތުން އަރައިގަތުމަށް މެންބަރު މައުރޫފް ހުށަހެޅުއްވި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ވޯކިން ކެޕިޓަލް ލޯން ނުވަތަ އިންކަމް ސަޕޯޓް އެލަވަންސް ދިނުން.

ލޯނުތަކުގެ އަސްލު ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުން (މޮރަޓޯރިއަމް).

ބީއެމްއެލް މެދުވެރިކޮށް ލުއި ލޯނުތަކާއި ދިގު ގްރޭސް ޕީރިއަޑެއް ހަމަޖެއްސުން.

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ކަރަންޓާއި ތެލުގެ ސަބްސިޑީ ދިނުން.

ރިސޯޓް ކުއްޔާއި، އެއާޕޯޓް ފީ އަދި ޓޫރިޒަމް ޖީއެސްޓީ ދެއްކުން ވަގުތީގޮތުން ފަސްކޮށްދިނުން.

މި މައްސަލައިގައި ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުން އެހީތެރިކަން ދިން ފަދައިން، މިހާރުވެސް އިގްތިސާދީ ދާއިމީ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ސަރުކާރުގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދިނެވެ. އެހެންކަމުން، މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.