ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަބްދުالله މުއްޠަލިބު
ހަބަރު
04 May 2026 | 10:29
ހިޔާފުލެޓްތަކުގެ ކުލިން 2000 ރުފިޔާ ކުޑަކުރިއިރު ފަހި ފުލެޓްތަކުން ނުކުރި ސަބަބު ވަޒީރު ސާފުކޮށްދެއްވައިފި

ހިޔާ ފުލެޓްތަކުގެ ކުލިން 2000 ރުފިޔާ އުނިކުރިއިރު ފަހި ފުލެޓްތަކުގެ ކުލިން  އުނި ނުކުރި ސަބަބުތައް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަބްދުالله މުއްޠަލިބު ސާފުކޮށްދެއްވައިފިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ، ހިޔާ ފުލެޓް ތަކުގެ ކުލިން 2000 ރުފިޔާ އުނިކުރިއިރު ފަހި ފުލެޓް ތަކުގެ ކުއްޔަށް 2000 ރުފިޔާ އިތުރު ކުރީ ކީއްވެތޯ ވަޒީރު މުއްޠަލިބާ. ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވުދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން އެޅި ހިޔާ ފުލެޓްތަކަށް އެ ސަރުކާރުން ކަނޑައެޅި ކުއްޔަކީ 5300 ރުފިޔާ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އެ ކުލި 7500 ރުފިޔާ އަށް ބޮޑުކުރި ކަމަށެވެ. އަދި މެއިންޓެނެންސް ފީއާއެކު 8500 ރުފިޔާ 570 އަކަފޫޓްގެ އެ އެޕާޓްމަންޓް ތަކަށް ނަގަމުންއައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މުއްޠަލިބު އޮތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރު ނިމެމުން އައި އިރު ސަރުކާރުން މަސައްކަތްކުރަމުން އައީ ލޯނެއް ނަގައިގެން ހިޔާ ފުލެޓްތައް އެއްކޮށް ނިންމަން ކަމަށެވެ. ނަމަވެސް، ރައީސް ޞާލިޙްގެ ސަރުކާރުން އެ ފުލެޓްތަކުގެ ފިނިޝިން ނުނިންމައި ހަވާލުކުރުމުން ރައްޔޮތުންގެ އަތުން ދެ ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން އެ ރައްޔިތުން ފުލެޓްތައް ހެދިކަމަށް އޭނާ ވިދާޅުވިއެވެ. 

ސަރުކާރުން ޕްރޮޖެކްޓެއް ނިންމާއިރުގައި ފުލެޓް އިމާރާތުގެ އެތެރެ ނުނިންމާ ދިނުމަކީ ރައްޔިތުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން. އެހެންވީމާ މި ސަރުކާރުން ކުރި ކަމަކީ ރައްޔިތުން އެ ކުރި ޚަރަދު، އެ ދެލައްކަ ރުފިޔާ ރައްޔޮތުންނަށް އަނބުރާ ލިބޭނެ ކޮންމެވެސް މަގެއް ހޯދައިދިނީ. އެ ހޯދައިދޭ ގޮތަކީ އެއްފަހަރާ ފައިސާ ދިނުމެއް ނޫން. އެހެންވީމާ ކުލި ގަވައިދުން ދައްކަމުން އައި ފަރާތްތަކަށް ދެ ލައްކަ ރުފިޔާ ހަމަވަންދެން ކުލި ކަނޑުއްވާލެއްވީ. ކުލި ނުދައްކާ ހުރި ފަރާތްތައް ދައްކަންޖެހޭ ކުލިން އެބައި ކަނޑުއްވާ ލެއްވީ.

ވަޒީރު މުއްޠަލިބު

ވަޒީރު ވިދާޅުވީ ފަހި ފުލެޓްގެ ކުލި ކަނޑާއަޅާފައި ވަނީ، ފުލެޓްތައް ހެދުމަށް ނެގި ލޯނަށް ދައްކަންޖެހޭ ވަރާ، ސަބްސިޑައިޒް ކުރާ މިންވަރެއް ބެލުމަށްފަހު އެންމެ ރަނގަޅު އަދަދު ކަމަށެވެ. ހިޔާ ފުލެޓްތަކަށްވުރެ ފަހި ފުލެޓްތައް ބޮޑު ކަމަށާ، އަގު ކަނޑައަޅާފައިވަނީ ވަކި ޕްރޮޖެކްޓެއް ތަފާތު ކުރުމުގެ ގޮތުން ނޫން ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.