މީކާއިލް އަޙްމަދު ނަސީމް؛ ފޮޓޯ / ރައްޔިތުންގެ މަޖިލިސް
ހަބަރު
30 Apr 2026 | 15:32
ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަން: މީކާއިލް

ކުރިއަށް އޮތް އެމްޑީޕީ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި ހޮވިއްޖެނަމަ، ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ، އިއްޔެ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ ގިނަ މެންބަރުން ސަރުކާރުގެ ގިނަ ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ވަޒީރު އިހްސާނަށް ރުހުން ދެއްވުމުން މީކާއިލް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، މީކާއިލްގެ ޗެއަރޕަރސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނެކަމަށެވެ.

މީކާއިލް އެކްސްގައި ކުރި ޕޯސްޓް.

އެގޮތުން މީކާއިލް ވިދާޅުވި ގޮތުގައި، ހޯމް މިނިސްޓަރު އިހްސާންއަށް މަޖިލީހުން ރުހުން ދިނުމަށް ނެގި ވޯޓުގައި އޭނާ ވާނީ މިނިސްޓަރ އިހްސާނަށް ރުހުން ނެތް ކަމަށް ވޯޓު ދެއްވާފައެވެ. މީކާއިލް ވިދާޅުވި ގޮތުގައި މިގޮތަށް ވޯޓު ދެއްވުމަށް އޭނާ ނިންމެވީ، ޑީއެންއާރް ޑޭޓާބޭސްގެ މައްސަލަ އާއި ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު އާންމު ކުުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ އެތައް ކަމެއްގެ ސަބަބުންނެވެ.

މީގެ އިތުރުން، އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ފްރީ ވިޕެއްގެ ދަށުން ވަޒީރަށް ރުހުން އޮތް ކަމަށް ވޯޓު ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރުހުން ނެތްކަމަށް މީކާއިލްގެ އިތުރުން ފިއްޓޭ ވޯޓު ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި މައުޟޫއާއި ގުޅިގެން ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން މީކާއިލް ވިދާޅުވީ މިއީ އެތެރޭގެ އިންތިހާބާއި ގުޅުމެއް އޮތް ވޯޓެއް ނޫންކަމަށެވެ.

އިއްޔެ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ ގިނަ މެންބަރުން ވަޒީރުންތަކަށް ދިން ރުހުމާއި ގުޅިގެން، ހާއްސަކޮށް ވަޒީރު އިހްސާނަށް ރުހުން ދިނުމާއި ގުޅިގެން، އެމްޑީޕީގެ އާންމު ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ މިވަގުތުގެ ޗެއަރޕާސަން ގަޕޯ ވެސް ވަނީ ސަރުކާރުގެ ވަޒީރުންނަށް ރުހުންދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ