ބޭސް ފިހާރައެއް
ހަބަރު
05 May 2026 | 13:01
ފާމަސީތަކުގައި ހުރި ބޭސްތައް ހޮސްޕިޓަލްތަކަށް ފެންނާނެ ނިޒާމެއް ނެތް: ސްޓޭޓް ފާމާ

ފާމަސީ ތަކުގައި ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ހޮސްޕިޓަލުތަކަށް ފެންނާނެ ނުވަތަ ބަލާލެވޭނެ ނިޒާމެއް އަދި ނެތް ކަމަށް ސްޓޭޓް ފާމާއިން މިއަދު ބުނެފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ވަނީ ފާމަސީ ތަކުގައި ހުންނަ ބޭސްތަކުގެ އަދާހަމަ ޑޮކްޓަރުންނަށް ބެލޭނެ ނިޒާމެއް ހަމަޖެހިފައި ވޭތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އެސްޓީއޯ ފާމަސޫޓިކަލްސްގެ ޕްލޭނިންގ މެނޭޖަރު ލިމްޔާ ވިދާޅުވީ، ފާމަސީ ތަކުގެ ސްޓޮކް ހުރި މިންވަރެއް އެސްޓީއޯ އަށް ފެންނާނެ ކަމަށެވެ. ނަމަވެސް ލިބެން ހުރި ބޭސްތައް ޑޮކްޓަރުންނަށް ބެލޭނެ ނިޒާމެއް ނެތް ކަމަށެވެ.

މިވަގުތު ލައިވް ސްޓޮކް އަޅުގަނޑުމެންގެ ސެންޓްރަލް އަށް ފެންނަ ގޮތަށް މި އިންނަނީ. އެސްޓީއޯއަށް ފެންނާނެ އެހެން ނަމަވެސް އަޅުގަނޑުމެންގެ އެއްވެސް ޕްލެޓްފޯމެއް މިވަގުތަކު ނެތޭ ހޮސްޕިޓަލްސް ތަކަށް ނުވަތަ ޑޮކްޓަރުންނަށް ލައިވް ސްޓޮކް ފެންނަ. އެހެން ނަމަވެސް އެސްޓީއޯ އަށް ފެންނާނެ އެސްޓީއޯގެ ސްޓޮކް. ސްޓޮކް ޑިޕްލީޓް ވާކަންވެސް އެނގޭނެ އަޅުގަނޑުމެންނަށް. އެހެންވީމާ އެއްވެސް ރަށެއްގައި އެއްވެސް އެއްޗެއް ދަށް ކަމަށް ވަންޏާ އެ މައުލޫމާތު އަޅުގަނޑުމެންގެ ފާމަސޫޓިކަލް މެނޭޖްމަންޓް އޮޕަރޭޓްކުރާ ބޭފުޅުންނަށް ފެންނާނެ

ލިމްޔާ

ލިމްޔާ އިތުރަށް ވިދާޅުވީ، ބޭސް ސްޓޮކްގައި ނެތް ނަމަ، އެ ބޭސް ހުރި ރަށަކުން ނެތް ރަށަކަށް ފޮނުވުމުގެ ކަންކަންވެސް ހަމަޖައްސަވާ ކަމަށާ، އެހެން ނަމަވެސް އެސްޓީއޯއިން ނުބަލަހައްޓާ ބޭހެއް ނަމަ، އަދި އެ ބޭސް ރާއްޖެއިން ލިބެން ނެތް ނަމަ، ބޭސް ގެންނަނީ ބޭރުން ކަމަށެވެ. 

ލިމްޔާ ވިދާޅުވިގޮތުގައި މީހާގެ ބަލީގެ ގޮތުން ރާއްޖޭގައި ލިބެން ނުހުންނަ ބޭސްވެސް ޑޮކްޓަރުން ލިޔެދެއެވެ. އަދި ރާއްޖެއަށް އެފަދަ 5000 އެއްހާ ބޭސް އެތެރެ ކުރަން ބޭނުންވެގެން ބޭސް އެތެރެކުރާ އިމްޕޯޓަރުން މިހާރުވެސް އެދިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ ހަފްތާގައި އޭޑީއެލްގެ ރިޕޯޓްއެއް ބަލާލިއިރުވެސް އޭގެ ތެރެއިން 1300 ވަރު ރާއްޖޭގައި އެވެއިލަބަލް މިވަނީ ރެޖިސްޓާ ކޮށްގެން. އެއީ އަދި އޭޑީއެލްއަށް ލި ކަމުގައި ވިޔަސް، އެ ބޭސް އިމްޕޯޓް ކުރެވޭނީ ކޮންމެވެސް އެއްގޮތަކަށް ބޭހަށް ބޭނުންވާ ޑޮކިޔުމަންޓްސްތައް ހަމަވެގެން ވަކި ޕާތްވޭއަކުން. 

ލިމްޔާ

ކަންމިހެން ހުރުމުން ބޭސް އެތެރެކޮށް ފޯރުކުރުމަށް ދަތިތަކެއް ހުރި ކަމަށޤ ފާމަސީތަކުގައި ބޭސް ވިއްކޭނީވެސް އެ ބޭސް ފޯރުކޮށްދިނުމަށް ބޭނުންވާ ސްޓޮކް ލިބިގެން ކަމަށް އޭނާ ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ