މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ހަބަރު
11 May 2026 | 09:58
އޭޑީއެޗްޑީގެ ފަރުވާގެ ބޭހެއް އެތެރެކުރަން ހުއްދަ ދިނުމަށް މަޖިލީހުން ރުހުންދީފި

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. 

މަސްތުވާތަކެތީގެ ގާނޫނު އޮތްގޮތުން އޭޑީއެޗްޑީ ހުންނަ ކުދީންނަށް ދޭންޖެހޭ މުހިއްމު ބޭހެއް އެތެރެ ނުކުރެވޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފާހަގަކުރުމުން މަނާ ބޭސް ލިސްޓުން އެ ބޭސް އުނިކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވުނު މައްސަލަ ބަލައިގަނެ އެ ދިރާސާަކުރީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވަނީ އޭޑިއެޗްޑީ ހުންނަ ކުދިން ބޭނުންކުރާ ވަރަށް މުހިއްމު ބޭހެއް ރާއްޖެ އެތެރެނުކުރެވޭކަން ފާހަގަކުރައްވާ ފައެވެ. އެ ބޭހަކީ މިތައިލްފެނިޑޭޓް އެވެ. ޖަލީލާ ވިދާޅުވީ އެ ބޭސް އެތެރެނުކުރެވެނީ މަސްތުވާތަކެތީގެ ޤާނޫނުގެ ޖަދުވަލްގެ މާއްދާއެއްގައި ރާއްޖެ އެތެރެކުރުން މަނާ ބާވަތެއްގެ ގޮތުގައި އޮންނާތީއެވެ.

ނަމަވެސް އޭރު އޮތީ ގާނޫނަށް އިސްލާހު ހުށައަޅާފަ އެވެ. އަދި އެ އިސްލާހު ފާސްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ކޮމެޓީން މިމަހު 6 ވަނަ ދުވަހު ވަނީ މަނާ ބޭސް ލިސްޓުން މިތައިލްފެނިޑޭޓް އުނިކުރަން ފާސްކޮށްފަ އެވެ. އެ ގޮތަށް ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.

އެފަހުން މަޖިލީހުން މައްސަލަ ބަލައިގަތުމާމެދު މިއަދު ވޯޓު ނަގާފައިވާއިރު، ވޯޓު ދެއްވި 51 މެންބަރުންވަނީ ބޭސް އެތެރެކުރަން ހުއްދަދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ