ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދު --
ހަބަރު
03 Aug 2026 | 14:05
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން އޭސީސީއާއި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުންނަށް 2022 އާއި 2023 ވަނަ އަހަރު އުސޫލާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތާއިދާއެކުގައެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ. 

ފެނަކައިގެ މުވައްޒަފުން ނެގުމާއި، ކުރިއެރުން ދިނުމާއި، މުސާރައާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްޞަ އޮޑިޓް ރިޕޯޓާ މެދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނެރުނު ރިޕޯޓުގެ މައްޗަށް ބިނާކޮށް މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ބަހުސްކޮށްފައެވެ. 

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރުގައި ފެނަކައިގެ ބައެއް މުވައްޒަފުންނަށް މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވެއެވެ. އެ ކުރިއެރުންތައް ދިނުމުގައި ޒިންމާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި، އޭސީސީގެ އިތުރުން ފުލުހުންނާއި ކަމާ ގުޅުންހުރި އެހެން ތަޙުޤީޤީ އިދާރާތަކަށް މައްސަލަ ފޮނުވަން މަޖިލީހުން ވަނީ އަންގާފައެވެ. އަދި އެ މައްސަލަ ނިމެންދެން ކޮންމެ މަހަކު އެއް ފަހަރު ތަފްޞީލީ ރިޕޯޓެއް ކޮމިޓީއަށް ފޮނުވަން ވެސް ވަނީ ނިންމާފައެވެ.

ފެނަކައިގެ މުވައްޒަފުންގެ ޢަދަދު ކުންފުންޏާ އެކަށީގެންވާ ވަރަށް ތިރިކުރުމާ ގުޅޭ ގޮތުން ވެސް ގިނަ ފިޔަވަޅުތަކެއް ރިޕޯޓުގައި ހިމަނާފައިވެއެވެ. އެގޮތުން، އޮޕަރޭޝަންގެ ފުޅާމިނާއި މަސައްކަތު ބުރައާ އެކަށީގެންވާ ވަރަށް މުވައްޒަފުންގެ ޢަދަދު ކަނޑައެޅުމަށާއި، ހަޤީޤީ ބޭނުންޖެހޭކަން ޔަޤީންކުރުމެއް ނެތި އައު ވަޒީފާތައް ނުއުފެއްދުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ޢާންމުކޮށް އިޢުލާނުނުކޮށް މީހުން ނެގުމުން ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަގުފަހިވާ ކަމަށް ބަޔާންކޮށް، އެ ފުރުޞަތު ބަންދުކުރެވޭ ގޮތަށް ކުންފުނީގެ ގަވާއިދު އިޞްލާޙުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ފެނަކައިން "އިން ހައުސް" ޕްރޮޖެކްޓުތަކުގެ ނަމުގައި ހިންގި އިންޖީނުގެތަކާއި އޮފީސް ޢިމާރާތްތައް ބިނާކުރުމުގެ މަސައްކަތުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެ ޕްރޮޖެކްޓުތަކަށް ނެގި މުވައްޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އެކަށީގެންނުވާ މިންވަރަކަށް ފައިސާ ހޭދަކޮށްފައިވާތީ، އެކަން ރާވައި ހިންގި ފަރާތްތައް ޖަވާބުދާރީކުރުވަން ވަނީ އަންގާފައެވެ. މި މައްސަލައިގައި 2021 އިން 2023 ގެ ނިޔަލަށް ބައެއް މުވައްޒަފުންނަށް އިތުރަށް ދީފައިވާ 229,711 ރުފިޔާ އަނބުރާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

މުވައްޒަފުންނަށް ޚާއްޞަ އެލަވަންސް ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުމަށާއި، އިތުރު ގަޑީގެ މަސައްކަތް ކުރާ ވަގުތުތައް ރަނގަޅަށް ރެކޯޑުކޮށްގެން ނޫނީ ފައިސާ ނުދޭ ގޮތަށް ގަވާއިދު ބަދަލުކުރުމަށް ވެސް މަޖިލީހުން ވަނީ އަންގާފައެވެ. މި ހުރިހާ އިޞްލާޙެއް ތަންފީޒުވަމުންދާ މިންވަރު ބެލުމަށް، ކުރިއަށް އޮތް ތަނުގައި އޮޑިޓާ ޖެނެރަލް ފެނަކަ އޮޑިޓުކުރައްވާ އިރު މި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެނަކައަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ކުންފުންޏެކެވެ. އެގޮތުން ބިޑެއް ނެތި އޭރުގެ ބައެއް އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންގެ ކުންފުނިތަކަށް ގިނަ ޕްރޮޖެކްޓްތަކެއް ޙަވާލުކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.