ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
03 Aug 2026 | 15:25
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭގޮތް ހަދައިދޭން އެދިއްޖެ

އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދާއިރާގެ ޕީއެންސީ މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު އަޙްމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުންވަޒީރު ވިދާޅުވީ މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް، އެ ސަރަހައްދުގައި ދުއްވާ ހުރިހާ އުޅަނދެއްގެ އަހަރީ ފީ ލިބެނީ މާލެ ސިޓީ ކައުންސިލަށް ކަމަށެވެ. އެގޮތުން ވެހިކަލް ފީގެ ގޮތުގައި ސިޓީ ކައުންސިލަށް ބޮޑު އާމްދަނީއެއް ލިބޭ ކަމަށާ އެހެން ނަމަވެސް މަގުތައް މަރާމާތު ކުރުމަށް ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”ގާތްގަނޑަކަށް 150 އެއްހާ މިލިއަން ރުފިޔާ އަހަރަކު އެބަ ލިބޭ. އެބޭފުޅުންގެ މައްޗަށް މަތިވެފައި އޮތް ކަމެއް މަގުތައް ހެދުމާ މިފަދަ ކަންކަން. އަޅުގަނޑުމެންނަށް އެންމެ ކުޑަމިނުން، ސަރުކާރުން ތާރު އަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަދީ ކަނޑާލާފައި، އެތަން ހަލާލުކޮށްލާފައި ދާއިރުގައި، އެތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީއެއްވެސް. އަޅުގަނޑުމެން ސްޓޭންޑަޑެއް ހަދާފައި ފޮނުވައިފިން ކަނޑާފި ކަމަށް ވަންޏާ ކަނޑަންވާނީ މިހެންނޭ. އެތަންތަން މަރާމާތު ކުރަންވާނީ މިގޮތަށޭ.“ ވަޒީރު ވިދާޅުވިއެވެ. 

"150 މިލިއަން ރުފިޔާއަށް މަގު މަރަމާތުކުރުމަށް ތާރު ކައްކާފައި އެޅޭނެވަރުގެ ކެޕޭސިޓީއެއް ބިލްޑްނުކުރުމަކީ އަޅުގަނޑަށް ހީވަނީ ކައުންސިލްގެ ޒިންމާ އަދާ ނުކުރުމުގެ ގޮތުން ކުރާ ކަމެއްހެން. އެ ފައިސާ ދަނީ ކޮންތާކަށްތޯ ބަލަން އެބަޖެހޭ"

ވަޒީރު މުއްޠަލިބު

ވަޒީރު ވިދާޅުވީ، މަގުތައް ހެދުމަށްފަހު މަރާމާތުގެ މަސައްކަތްވެސް ކުރަންޖެހެނީ އެ ވުޒާރާއަށް ކަމަށާ، އެހެންނަމަވެސް އެ ވުޒާރާއަކީ މަގު މަރާމާތު ކުރަން ހަމަޖެހިފައި އޮތް ތަނެއް ނޫން ކަމަށާއި އެއީ ޕްރިޖެކްޓް ހިންގަން އޮންނަ ވުޒާރާއެއް ކަމަށެވެ. އަދި މަގުތައް ހަލާކުވެގެން ރައްޔިތުންނަށް ދަތިވާ ހިސާބަށް ދިޔައިމާ ޕްރޮޖެކްޓެއް ހަދައިގެން އެ މައްސަލަ ޙައްލުކުރުމުގެ ބުރަ ޖެހެނީ ވުޒާރާއިން އުފުލަން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމަ ސިޓީ ކައުންސިލަށް އެ 150 މިލިއަން ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑު އެދެނީ (ތިބޭފުޅުން) އެ ބައި [ކައުންސިލް ބަޖެޓުން] އުނިކޮށްފައި ސަރުކާރުގެ ބަޖެޓަށް ލިބޭނެ ގޮތެއް ހައްދަވައިދެއްވުން. އޭރުން އަޅުގަނޑުމެންނަށް މަގުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނީ."

ވަޒީރު މުއްޠަލިބު

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ