އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު---ފޮޓޯ: މަޖިލިސް
ހަބަރު
10 Aug 2026 | 15:36
ވަޒީރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާޢަށް ގަޑިއިރެއް ދީފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާޢުގައި ވާހަކަ ދެއްކެވުމަށް އެއް ގަޑިއިރުގެ ފުރުޞަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކުރީ މި މައްސަލައާ ގުޅޭ ބަހުސަށް ޖުމްލަ ދެ ގަޑިއިރު ކަނޑައެޅުމަށެވެ.

އެ ދެ ގަޑިއިރުގެ ތެރެއިން ވަޒީރަށް ދިފާޢުގައި ވާހަކަ ދެއްކެވުމަށް ލިބޭނީ އެއް ގަޑިއިރެވެ. ބާކީ އެއް ގަޑިއިރު ހާއްސަ ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ބެހުމަށެވެ.

ވަޒީރު ސައީދާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ 13 މެންބަރެއްގެ ސޮޔާ އެކު މި މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީންނެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގެ ދަށުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފުވުމާއި 134 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވުމުގައި އިހުމާލުވުމާއި 136 ވަނަ މާއްދާގެ ދަށުން ވަޒީރުން ކުރުން މަނާ ކަންކަން ހިންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ވާހަކަތަކަށް ތަފްސީލީ ހެކި ހުށަހަޅާފައި ނުވާ ކަމަށް ބުނެ ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައި ވަނީ އެ މައްސަލަ ފެއިލްކޮށްލާނެ ކަމަށެވެ.

މި މައްސަލައިގެ ބަހުސް ބާއްވާނެ ތާރީޚެއް މަޖިލީހުން އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.