ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް.. ފޮޓޯ: މަޖިލިސް
ހަބަރު
04 Aug 2026 | 12:45
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ

ބ.ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މައުރޫފް ޒާކިރު މިއަދުގެ މަޖިލީހުގައި ރަނގަޅަށް މައުލޫމާތު ނުހޯއްދަވައި ވަޒީރާ ސުވާލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާމިކް މިނިސްތަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހާޒިރުކޮށް މިއަދު ވަނީ ސުވާލުކޮށްފައެވެ. މެމްބަރުންގެ ސުވާތަކަށް ބަލާއިރު، ގިަނ މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ދާއިރާގެ މިސްކިތްތަކާއި އަދި އެނޫންވެސް މިނިސްޓްރީއާ ގުލޭ ކަންކަމުގައި މިނިސްޓަރު ޝަހީމް އާ ސުވާލުކުރައްވާފައެވެ. އަދި މިނިސްޓަރު ވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ކެންދޫ ދާއިރާގެ މެމްބަރު މިނިސްޓަރާ ކުރެއްވި ސުވާލުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ސުވާލަކީ ތުޅާދޫ މިސްކިތަކުން ގަބުރުފެނުމާއި ގުޅިގެން ކުރެއްވި ސުވާލެވެ. ތުޅާދޫ ތުޅާދޫ މަސްޖިދުއްރަހުމާނު މިސްކިތުގެ ފެންޑާއިންނާއި ހަރިންމަތެރެއިން ގަބުރު ފެނުމާ ގުޅިގެން މިދިޔަ އަހަރު އެ މިސްކިތް ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ޝައްކުކުރެވޭ ތަންތަން ބަލައި ގަބުރުތައް ހުރި ތަންތަނުން އެ ނަގައި ސާފްކުރުމަށްފަހު މިސްކިތް ވަނީ ހުޅުވާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ.. ފޮޓޯ: މަޖިލިސް

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތްހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ. އެގޮތުން އެ މިސްކިތުގައި ނަމާދުކުރުމަށް ކުރިމަތިވި މައްސަލަތައް ހައްލުވެ ނިމިފައިވާކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

ތުޅާދޫ މިސްކިތުން ގަބުރު ފެނުނު މައްސަލާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ސުވާލު ކުރެއްވިއިރު، ތުޅާދޫ ދާއިރާއަށް ނިސްބަތްވާ މެމްބަރަކު މަޖިލީހުގައި އިންނަވައެވެ. މަޖިލީހުގައި މި ދައުރު ތުޅާދޫ ދާއިރާ ތަމްސީލް ކުރައްވަނީ ތުޅާދޫއަށް އުފަން އަބްދުލްޙައްނާން އަބޫބަކުރެވެ.

ކޮމެންޓް
ޢަރީފު
މީ މި ވާވަރަކީ. މަޢުލޫމާތެއް އެނގެނީކީނޫން. ޕާޓީ ޕްރޮމޯޓް ކުރަން އުޅެން ހަދައިގެން އަތަށް ގޮވަނީ.
04 Aug 2026
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ