މަޖިލީހުގެ ޖަލްސާގެ ތެރެއިން-
ހަބަރު
28 Jul 2026 | 14:00
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން މަޖިލީހުން ފާސްކޮށްފި

ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފެނަކައިގެ އައްޑޫ ބްރާންޗުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން އެކުލަވާލި ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް މަޝްރޫއުތައް ހިންގާފައިވާއިރު، ކަރަންޓާއި ފެން ބިލްތަކުން ކުންފުންޏަށް ލިބެންޖެހޭ 77 މިލިޔަން ރުފިޔާ ނުލިބިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެ އިތުރުން، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ކުންފުނީގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް "ޕެޓީ ކޭޝް"ގެ ގޮތުގައި ފައިސާ ޖަމާކޮށްފައިވާ މައްސަލައެވެ. އެގޮތުން މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783,296 ރުފިޔާގެ ތަކެތި ގަނެފައިވާކަމާއި، ލިޔެކިޔުންތައް ފޯޖުކޮށްގެން 130,220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާކަން ރިޕޯޓުން އެނގެއެވެ. އަދި ޕެޓީ ކޭޝްގެ ގޮތުގައި ހަރަދުކުރި 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ހަގީގަތުގައި ލިބުނު މުދަލާއި ޚިދުމަތުގެ އަދަދު ކަށަވަރު ނުކުރެވޭ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވީ ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވި އޭރުގެ ބޯޑު މެންބަރުންނާއި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީއަށް ހުށަހެޅުމަށެވެ. އަދި އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން މުދާ ނުގަނެވޭ ގޮތަށް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހުކުރުމަށްވެސް އޭނާ ބާރުއެޅުއްވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވީ އައްޑޫ ބްރާންޗުތަކުގެ ވެރިންނާއި އެ ފަރާތްތަކުގެ އާއިލީ މީހުންގެ އެކައުންޓްތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް މަނީ ލޯންޑްރިންގެ ފުރިހަމަ ތަހުގީގެއް ހިންގުމަށެވެ. އަދި މި ތަހުގީގުތަކުގެ ކުރިއެރުން ކޮންމެ މަހަކު މަޖިލީހަށް ހިއްސާކުރުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިކޮށް އޭސީސީއަށް އެންގުމަށްވެސް މަޖިލީހުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.