ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ:ފޮޓޯ/ މަޖިލިސް
ހަބަރު
08 Jul 2026 | 12:50
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުންގެ އަދަދު 2000އިން މަތީގައި

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން އެންމެ ގިނައިން ފޮނުވަނީ ކެންސަރާ ގުޅުން ހުރި ކަންކަމުގައި ކަމަށެވެ.

..2023 ވަނަ އަހަރު 1،638 މީހުން ވަނީ ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވިފައި. އަދި 2024 ވަނަ އަހަރު މި އަދަދު ވަނީ 1،996 އަށް އިތުރުވެފައި. އަދި 2025 ވަނަ އަހަރު މި އަދަދު ވަނީ 2،000 އަށް ވުރެ މައްޗަށް އަރައިފައި،

ވަޒީރު ގީލާ އަލީ

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މުޅިން އަލަށް ފޮނުވި މީހުންނާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވި މީހުންގެ އިތުރުން ކައިރި ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ވެސް ހިމެނޭ ކަމަށެވެ. 

ޤީލާ އިތުރަށް ވިދާޅުވީ، ކެންސަރު ބައްޔަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް، އެ ބަލީގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ފުރާނައަށް ނުރައްކާވުމުގެ ކުރީން ފަރުވާ ކުރެވޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ ކެންސަރު ބަލި ދެނެގަތުމުގެ ޚިދުމަތް މާލެއާއި އަތޮޅުތެރެއަށް ފުޅާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެކަމަށްޓަކައި މާލެއާއި ފަސް ރީޖަނަލް ހޮސްޕިޓަލެއްގެ އިތުރުން ބައެއް ސިޓީ ތަކުގެ ހޮޕިޓަލުންވެސް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާ، މިހާތަނަށް 700 އަށްވުރެ ގިނަ މީހުން އެ ޚިދުމަތް ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައިވެސް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ދިނުން ކަމަށް ޤީލާ ވިދާޅުވިއެވެ. 

ުމީގެ އިތުރުން ޤީލާ ވިދާޅުވީ، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ މީހުން ފޮނުވި ނަމަވެސް ގިނަ މީހުން ކީމޯ ތެރަޕީ ހަދަނީ ރާއްޖޭގައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ކީމޯ ތެރަޕީގެ ފަރުވާ ރާއްޖެއިން ބޭރުން ހޯދާފައި ވަނީ އެންމެ 39 މީހުން ކަމަށް ވިދާޅުވިއެވެ.

”ކީމޯ ތެރަޕީގެ ޚިދުމަތް ގާއިމްވެފައިވާ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ނުވަ އެނދު މިކަމަށް ޚާއްސަ ކުރެވިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި ވެސް 2025 ވަނައަހަރު 655 މީހުން މި ޚިދުމަތް ހޯދި“ ގީލާ ފާހަގަކުރެއްވިއެވެ.

‏ޤީލާ ވިދާޅުވީ، ސަރުކާރުގެ ދުރު ރާސްތާ އަމާޒަކީ ރާއްޖޭގައި ކެންސަރ ހޮސްޕިޓަލެއް ގާއިމުކޮށް ޕެޓް ސްކޭން ފަދަ ޚިދުމަތްތައް ފުޅާކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.