މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
29 Jul 2026 | 09:10
ތިލަފުށީގެ ކުނިތައް ހދ.ކުނބުރުދޫއަށް ގެންދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ކުނިތައް އދ.ކުނބުރުދުއަށް ގެންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގައި 50އެއްހާ ޓަނުގެ ކުނި އަނދާފައިވާކަމަށް ވެމްކޯއިން ބުނެއެވެ. އެ ކުނިތައް އދ.ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިއަދު ފަށާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. 

އެ މައްސަލާގައި ފިއްޓޭ ވިދާޅުވީ އެކަމުގެ ސަބަބުން ކުނބުރުދޫ ރައްޔިތުންގެ ސިއްޙަތަށާއި، ތިމާވެއްޓަށާއި، މުޅި ސަރަހައަދުގެ ގުދުރަތީ ނިޒާމަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. 

ފިއްޓޭ ވިދާޅުވީ، ކުނބުރުދޫ ފެސިލިޓީއަކީ މަސައްކަތް ނިމި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފަށާފައި ނުވާ ތަނެއް ތަނެއް ކަމަށެވެ. އަދި ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން ކުނިތައް ސީދާ ބިމަށް އުކާލުމުން އުފެދޭ ވިހަ ފެން ރައްކާތެރިކަމާއެކު ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެ ރަށުގައި ގާއިމުކުރެވިފައި ނުވާކަމަށެވެ.

"ކުނބުރުދުއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަންޒުކަހަނބު އާލާވެ ދިރިއުޅުމަށް ތިމާވެށްޓަށް ނުހަނު މުހިންމު މާޙައުލެއް ކަމުން، ތިލަފުށީން ގެންދާ ވިހަ ކުނިތަކުގެ ސަބަބުން އެތަކެތި ނެތިދިއުމުގެ ބިރު އެބައޮތުމުގެ އިތުރުން ކުނިން ބޭރުވާ ވިހަ މާއްދާތައް ބިމުގެ ފަސްގަނޑާއި ފެން ފަށަލައަށް ޖަމާވުމުގެ ސަބަބުން ރަށުގެ ދަނޑުވެރިކަމަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ނުރައްކާ (އެބަ) އޮތް“ ފިއްޓޭ ވިދާޅުވުއެވެ. 

އޭނާ އިތުރަށް ވިދާޅުވީ، ތިލަފުށިން ގެންދާ ޕްލާސްޓިކް އަދި ސިނާއީ ކުނިތަކުން ޑައޮކްސިންސް އާއި ބެންޒިން ފަދަ ކެންސަރު އުފައްދާ ނުރައްކާތެރި މާއްދާތައް ބޭރުވާ ކަމަށާ، އެ މާއްދާތައް ވައިގެ މަގުންނާއި ފެނުގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް ވާސިލުވެ، ދާއިމީ ބަލިތަކަށް މަގުފަހިވާނެ ކަމަށެވެ.

”ކުނިގަނޑުން އަރާ ކާބަން މޮނޮކްސައިޑާއި ހައިޑްރޯޖަން ސަލްފައިޓް ގޭހުގެ ސަބަބުން ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ބޮލުގައި ރިއްސުމާއި، ނޭވާލުމަށް އުނދަގޫވުމާއި، މޭނުބައިކުރުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ“ ފިއްޓޭ ވިދާޅުވިއެވެ. 

އެހެންކަމުން، ވެމްކޯގެ މި ނިންމުމަކީ ރައްޔިތުންގެ ސިއްހަތާއި ތިމާވެށްޓަށް އޮތް ބޮޑު ނުރައްކަލަކަށް ވާތީ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށް މައްސަލަ ހުށަހެޅީ ކަމަށް ޒިޔާދު ވިދާޅުވިއެވެ. 

މި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓް ދެއްވީ އެންމެ 07 މެންބަރުންނެވެ. އަދި މައްސަލަ ބަލައިނުގަންނަން 27 މެންބަރުން ވޯޓް ދެއްވިއެވެ. އެހެންކަމުން މައްސަލަވަނީ ތަޅުމުން ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.