ގަދަ ހޫނުގެ ނުރައްކާ ކުރިމަތިެވފައިވާ ކޯރެއް.. ފޮޓޯ: ރޮއިޓަރސް
ހަބަރު
23 Sep 2026 | 18:10
އެލް ނީނޯގެ ގަދަ ހޫނުން 451،000 މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފި

އެލް ނީނޯ މޫސުމީ ހާދިސާއާ ގުޅިގެން ދުނިޔޭގެ ހޫނުމިން އާދަޔާޚިލާފަށް މައްޗަށް ގޮސް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 451000 މީހުން މަރުވެދާނެ ކަމަށް ޔުނިވަރސިޓީ އޮފް ޗިކާގޯގެ ކްލައިމެޓް އިމްޕެކްޓް ލެބުން ޝާއިޢުކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

އެ ދިރާސާ ރިޕޯޓުގައިވާ ގޮތުން ގަދަ ހޫނާއި ވައި ތަޣައްޔަރުވުމާއި ޖަންގަލީގައި ރޯވުން ފަދަ ހާދިސާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކުރިންވެސް ހޫނު ގަދަވުމާއި ކާބޯތަކެއްޗާއި ހަކަތައިގެ ދަތިކަން ކުރިމަތިވެފައިވާ ފަގީރު ޤައުމުތަކަށެވެ.

މީގެ އިތުރުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކުން މި ޙާލަތު އިތުރަށް ގޯސްވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދުނިޔޭގެ 24000 އަށް ވުރެ ގިނަ ސަރަޙައްދުގެ ފިނިހޫނުމިނާއި މަރުގެ ތަފާސްހިސާބުތައް ތަޙުލީލުކޮށްގެން އެކުލަވައިލި މި ދިރާސާ ދައްކާ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ އެފްރިކާ ބައްރުގެ ސާހެލް ސަރަޙައްދަށެވެ. އެ ސަރަޙައްދުން އެކަނިވެސް 66800 މީހުން މަރުވެދާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

ސާހެލްގެ އިތުރުން ފިލިޕީންސް ވިއެޓްނާމް ތައިލެންޑް އަދި ކެމްބޯޑިއާއިން 19400 މީހުން އިންޑޮނޭޝިއާއިން 19300 މީހުން އިންޑިއާއިން 15800 މީހުން އަދި ބްރެޒިލުން 13300 މީހުން މަރުވެދާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި މައިކަލް ގްރީންސްޓޯން ވިދާޅުވެފައިވަނީ ފެބްރުއަރީ ހިސާބުގައި އެލް ނީނޯގެ ސީދާ އަސަރުތައްކުރުން ނިމުނު ކަމުގައި ވިޔަސް ގަދަ ހޫނުގެ ނުރައްކާ އަންނަ އަހަރުގެ ހޫނު މޫސުމާ ހަމައަށް ދެމިގެންދާނެ ކަމަށެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުގައި ފިނިކުރާ ނިޒާމާއި ފެނާއި ޞިއްޙީ ޚިދުމަތް ފުރިހަމަވުމުން ރައްކާތެރިކަން ލިބުނަސް ވަސީލަތް މަދު ޤައުމުތަކުގައި ހޫނުމިން ކުޑަކޮށް މައްޗަށް ދިޔައީމާ ވެސް ފުރާނައަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި ނުރައްކާތަކުން ސަލާމަތްވުމަށް ހޫނުގެ އިންޒާރުދޭ ނިޒާމުތައް ވަރުގަދަކޮށް ރައްޔިތުންނަށް ހިޔާވެއްސާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ދިރާސާވެރިން ވަނީ ސަރުކާރުތަކަށް ގޮވައިލައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.