ވަޒީރު ޤީލާ ޢަލީ- ފޮޓޯ/ މަޖިލިސް
ހަބަރު
08 Jul 2026 | 10:21
އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ: ޤީލާ

2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޤީލާ ވިދާޅުވީ، ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ކަށަވަރުވެފައި ވުމަކީ މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަން ކަމަށެވެ. އަދި ދައުލަތުން ސިއްޙަތަށް ކުރާ ހޭދައަކީ ފައިސާއިން އަގުމަގު ކުރެވޭ އެއްޗެއް ކަމަށް ދެކެނުލައްވާ ކަމަށާ، އެހެނެއް ކަމަކު އެއީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީއެއް ބިނާ ކުރުމަށް ހޭދަކުރާ އިންވެސްޓްމަންޓެއް ކަމަށެވެ.

މިއާއެކު ވަޒީރު ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި އާސަންދަ ސްކީން މެދުވެރިކޮށް ސިއްޙީ ފަރުވާއަށް ކުރެވުނު ހޭދައިގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާފައެވެ.

ފާއިތުވި ތިން އަހަރު ވަނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް މީހުން ފޮނުވޭ އަދަދު މަދުކުރެވިފައި. އެގޮތުން 2023 ވަނަ އަހަރާ ބަލާއި 2025 ވަނަ އަހަރުގެ ނިޔަލަށް 338 މީހުން މަދުވެފައިވާކަން ހިސާބުތަކުން ދައްކާ.

ޤީލާ ޢަލީ

ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ އަދަދު ބޮޑުކޮށް މަދުވެފައި ނުވަނީ ކެންސަރު ބަލިތަކަށް ރާއްޖެއިން ބޭރަށް ފޮނުވޭ މީހުންގެ އަދަދު އިތުރުވާތީ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު 483 މީހުން ވަނީ ކެންސަރާ ގުޅުންހުރި ކަންކަމުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައި. ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފޮނުވޭ ކަންކަމުގެ ތެރެއިން ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފޮނުވި ފަރާތްތައް އުނިކޮށްފައި، ދެން ރިފާ ކުރެވޭ ޚިދުމަތްތަކަށް ބަލާއިރު ރާއްޖެއިން ބޭރަށް ފޮނުވުފައުވާ އަދަދު 2023 ވަނަ އަހަރާ ބަލާއިރު 2025 އަހަރު 821 މީހުން ވަނީ މަދުވެފައި

ޤީލާ ޢަލީ

ވަޒީރު ވިދާޅުވީ އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދުވީ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުން ކަމަށެވެ.

މީހެ އިތުރުން ވަޒީރު ވަނީ ރާއްޖެއިން ބޭރަށް މީހުން ފޮނުވަންޖެހޭ މައިގަނޑު ފަރުވާ ތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ

- ރާއްޖެއިން ލިބެން ނެތް ސްޕެޝަލިސްޓް ފަރުވާތައް

- ބޮޑެތި އޮޕަރޭޝަންތައް

- ކެންސަރާއި ނާރުގެ ބަލިތަކަށް ބޭނުންވާ ޚާއްސަ ޚިދުމަތްތައް ހޯދުމަށް

ވަޒީރު ވިދާޅުވިގޮތުގައި 2023 ވަނަ އަހަރު އެކަނިވެސް ކެންސަރުގެ ފަރުވާތަކާއި ބައްޔާއި ގުޅުންހުރި ބައެއް ޓެސްޓްތައް ހެދުމަށް 1638 މީހުން ރާއްޖެއިން ބޭރަށް ފޮނުވުނެވެ. 2024 ވަނަ އަހަރު އެ އަދަދު 1996 އަށް އިތުރުވެފައުވާއިރު، 2025 ވަނައަހަރު އެ އަދަދު 2000 އަށްވުރެ މަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލަށް ފޮނުވުނު ފަރާތްތަކާއި ތަކުރާރުކޮށް ފޮނުވޭ ފަރާތްތައް ހިމެނޭ ކަން ފާހަގަކުރެއްވިއެވެ. 

ކެންސަރުބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ ކުރިއާލާ ކެންސަރު ސްކްރީނިން ހަދައި ބަލި ދެނެގަތުމުގެ ޓެސްޓްތައް ހެދޭނެ މަގު މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ހޮސްޕިޓަލުގައި ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.