ވަޒީރު މުޢްޠަލިބު- ފޮޓޯ/ މަޖިލިސް
ހަބަރު
13 Jul 2026 | 09:40
2028 ވަނަ އަހަރުގެ މެދުތެރޭގައި، ހިތަދޫ ކޯޒްވޭގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ: ޑރ. މުއްޠަލިބު

2028 ވަނަ އަހަރުގެ މެދުތެރޭގައި ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ލ. ހިތަދޫ-ކުނަހަންދޫ ކޯޒްވޭގެ މަސައްކަތަކީ 2023 ވަނައަހަރުގެ ޖަނަވަރީމަހުގައި ސޮއި ކުރެވުނު މަޝްރޫޢު އެކެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން، އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެމްޓީސީސީން ވަނީ މޮބިލައިޒްކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށުދާއިރާގެ މެންބަރު ވަނީ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ތާރީޚަކާ ގުޅޭގޮތުން ވަޒީރު މިއްޠަލިބާ ސުވާލު ކުރައްވާފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުން ކަމަށެވެ.

މިގޮތުން ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަންއާއި، ސާވޭގެ މަސައްކަތް ނިންމައި، ޑިޒައިންއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޑީޓެއިލްޑް ޑިޒައިން އެޕްރޫވްކޮށް މިހާރު ޢަމަލީ މަސައްކަތް ވަނީ ފަށާފައި. ޢަމަލީ މަސައްކަތް ފެށީ 20 އޮކްޓޯބަރު 2025 ގައި

އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު

މިއީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއުއެއް ކަމަށާ، މަސައްކަތް ކުރިއަށްދަނީ ސަރުކާރުން ބޭނުންވާ ސްޕީޑްގައި ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. 

ނަމަވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ، އިރާދަކުރެއްވިއްޔާމުން 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު މަސައްކަތް ނިންމައި ރައްޔިތުންނަށް މަގު ބޭނުންކުރެވޭގޮތް ހެދުމަށް. 

އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު

ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭގެ މަޝްރޫއުގެ ދަށުން ކަޅައިދޫ އާއި މެންދުއާ ދެމެދު 157.7 މީޓަރުގެ ބްރިޖެއް އެޅުމާއި މެންދު އާއި ކުނަހަންދޫއާ ދެމެދު 157.7 މީޓަރުގެ ބްރިޖެއް އެޅުން ހިމެނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓެއް އަޅައި 714 މީޓަރުގެ މަގު ހަދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.