މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް- ފޮޓޯ/ މަޖިލިސް
ހަބަރު
14 Jul 2026 | 15:07
ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަސްދުވަހުން ނިމޭނެ؛ އެއާއެކު ވަޢުދާއެއްގޮތަށް މަސްގަނެވޭނެ: ޝިޔާމް

ހުޅުމާލޭގައި ގާއިމްކުރަން ނިންމާފައިވާ ކަންނެލި މަސްފެކްޓްރީ ކުރިއަށް އޮތް 18 މަސްތެރޭ ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ ހުޅުމާލޭގައި ސަރުކާރުން އަޅާ ފްކެޓްރީ ނިމޭނެ އިރަކާއި، ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 80ރ އާއި 100ރ އަށް ކަންނެލި ގަންނަން ފެށޭނީ ކޮން އިރަކުތޯ ސުވާލުކުރައްވާފައެވެ.

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެކްޓްރީއެއް ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ، ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށްޓަކައި ގާއިމް ކުރެވޭ ފެކްޓްރީގެ އެ ބައި ކުރިއަށް އޮތް 18 މަސްދުވަސް ތެރޭ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، އެ ފެކްޓްރީ ގާއިމް ކުރުމަކީ ކަންނެލި މަސްވެރިން އެންމެ ބޮޑަށް ސަރުކާރުގައި އެދޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަން ކަމަށާ އެ މަސައްކަތާ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދަކާވެސް ގުޅިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިފްކޯއިން މިދިޔަ އަހަރު ކަންނެލި މަސްވެރިކަމަށް ވަދެއްޖެ. ނަމަވެސް އަދި މިފްކޯއިން މި ގަންނަމުންދަނީ 10 ކިލޯ އިން މައްޗާއި 15 ކިލޯއިން މަތީގެ ކަންނެލި. އަދި މިފްކޯގެ އައިސްޕްލާންޓްތައް ގާއިމްކުރެވިފައިހުރި ރަށްރަށުން މި ދަންނަވާހެން އެބަ ގަނޭ. އިރާދަކުރެއްވިއްޔާ ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވަޢުދު އަޅުގަނޑުމެން ހާސިލް ކުރާނީ މި ޕެކިން ފެސިލިޓީގެ ޒަރީޢާއިން. އިއްޒަތްތެރި މެންބަރަށް އަޅުގަނޑުމެން އެ ޔަގީންކަން އަރުވަން. 

ވަޒީރު ޝިޔާމް

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.