މަޖިލީހުގެ ގެލަރީގައި މިއަދު ނޫސްވެރިން... ފޮޓޯ: ހަސަން ހުސައިން
ހަބަރު
19 Aug 2025 | 11:57
މީޑިއާ ބިލާ ގުޅިގެން، މަޖިލީހުގެ ގެލަރީގައި ނޫސްވެރިން އިހްތިޖާޖުކޮށްފި

މީޑިއާގެ ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށެހެޅި ބިލާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ގެލަރީގައި ނޫސްވެރިން މިއަދު ސުލްހަވެރި އިހުތިޖާޖެއް ކުރިއަށްގެންގޮސްފިއެވެ.

މަޖިލީހުގެ ޖަލްސާތައް ބެލުމަށް ނޫސްވެރިންނަށް ހާއްސަކޮށްފައިވާ ގެލަރީގައި އެކި މީޑިއާތަކުން ތަމްސީލްކުރާ ނޫސްވެރިން މިއަދު ތިބީ އަނގަމަތީ އަތްއަޅައިގެންނެވެ. ނޫސްވެރިންގެ ހިތްހަމަ ނުޖެހުން އޮތް އެ ބިލް މީގެކުރިންވެސް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް މީޑިއާތަކުގެ ކަންބޮޑުވުންތަކާއެކު އެބިލް އަނބުރާ ވަނީ ނަގާފައެވެ. ނަމަވެސް ތުޅާދޫ ދައިރާގެ މެމްބަރު އަޞްދުލް ހަންނާން ވަނީ ދެވަނަ ފަހަަރަށް އެ ބިލް މަޖިލީހަށް ވައްދާފައެވެ. އަދި މަޖިލީހުގެ ތަޅުމަށް ބިލް ބަލައިގަނެ މިއަދު ވަނީ ބަހުސްކުރުން ކުރިއަށްގެންގޮސްފައެވެ.

ބިލް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅިއިރު، ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާތަކާއި، މީޑިއާތަކުގެ ބަލަދުވެރި ފަރާތް، މޯލްޑިވްސް މީޑިއާ ކައުްނސިލުން ވަނީ އެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލައި ބަޔާންވެސް ނެރެފައެވެ. 

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބިލް ފަރުމާކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ދެކޭކަމަށެވެ.

އެމްއެމްސީން ނެރުނު ބަޔާނުގައި ވަނީ ބިލް ހުށަހަޅާފައިވަނީ އަދުލުވެރިކަމެއްނެތް، އެއިރެއްގައި އޮންނަ މަޖިލީހުގެ މެޖޯރިތީ ޕާޓީ އާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންވާގޮތަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށްކަމަށެވެ.

ބިލުގެ މައްސަލާގައި ބައެއް ނޫސްވެރިން ވަނީ މަޖިލީހުގެ އިދާރާ ދޮށަށްވެސް އެއްވެ، ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.